ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޗްޑީސީ އާއި ކަލާފާނު ސްކޫލް ގުޅިގެން ހުޅުމާލޭގައި 50 ގަސް އިންދައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ ހުޅުމާލެ ހިތްފަސޭހަކޮށް ފެހިކުރުމަށް ޖަމިއްޔާ ޖަމާއަތްތަކާއި ސްކޫލްތައް ގުޅިގެން ހަރަކާތްތައް ހިންގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކަލާފާނު ސްކޫލާއި ގުޅިގެން ގަސް އިންދުމުގެ ހަރަކާތް ބާއްވާފައިވަނީ އިއްޔެ ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައެވެ. އެ ހަރަކާތުގައި ކަލާފާނު ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންވެސް ވަނީ ބައިވެރިވެފައެވެ.
އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ ހުޅުމާލެ ފެހިކޮށް، ހިތްފަސޭހަ ތަނަކަށް ހެދުމަށް އެންމެންގެ އެއްބާރުލުން މުހިންމު ކަމަށާއި، އެކަމުގައި އެޗްޑީސީއާ ގުޅިގެން މަސައްކަތް ކުރުުމުގެ ފުރުސަތު ހުރިހާ ސްކޫލުތަކާއި އެންޖީއޯތަކަށް ވެސް އެބައޮތް ކަމަށެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ ހުޅުމާލެ އަކީ ހިތް ފަސޭހަ، ފެހި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް