ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާ ކުރާގޮތުގައި މި ސަރަހައްދުގެ ރަށްތަކަށް މިއަދު އުދަ އަރާނެ އެވެ. ވައިޓް އެލާޓު ނެރެފައިވަނީ މެންދުރު2:00 ން ހަވީރު4:00 އާއި ހަމައަށެވެ.
މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވެނީ ހަނދުކޭތައެއް ހިފާފައިވާތީ އެވެ. ޔޫރަޕް އަދި އެފްރިކާގެ ގައުމުތަކަށް މިހާރު ހިފަން ފަށާފައިވާ އެ ހަނދުކޭތަ ރާއްޖެ އަށް ނުފެންނާނެ އެވެ.
ކޮންމެ މަހެއްގައިވެސް ފުރިހަމަ ހަނދު ދިޔަވަރު އުފުލޭނެ ކަމަށާއި އެ ދުވަސްވަރު މިއަދު ހަނދުކޭތައެއް ހިފުމުން އިތުރަށް ދިޔަވަރު އުފުލޭނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރުނު އިރު ހަވީރު5:00 އާއި ހަމައަށް ހ. އަތޮޅުން ތ. އަތޮޅާއި ހަމައަށް ޮއތީ ވައި ގަދަވެ ކަނޑު ގަދަވާނެތީ ވައިތް އެލާޓު ނެރެފަ އެވެ.
މިވަގުތުތަކުގައި އާންމު ގޮތެއްގައި19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެ އެވެ. ވިލާގަނޑުގައި50 މޭލަށް ވައިގަދަވާނެ ކަމަށް ބުނެ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް