ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތުހުމަތުގައި ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް ރައްޔިތެއްކަމަށްވާ މަޙްމޫދުލް ޙަސަން (29އ) އާއި ބަނގުލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު ޚައިރުލް އިސްލާމް (26އ) އެވެ.
މިދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް