މިދިޔަ އަހަރު މަސްވެރިކަމުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މިފްކޯ އަށް ލިބުނު އާމްދަނީ 1.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
އެސްޓީއޯ އިން އާންމުކޮށްފައިވާ އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް މިދިޔަ އަހަރު މަސްވެރިކަމުން 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އެގޮތުން މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 17 ޕަސެންޓުގެ އާމްދަނީ އިތުރުވުމެކެވެ.
މީގެ އިތުރުން އެސްޓީއޯގެ މާލީ ރިޕޯޓުގައިވާ ގޮތުން މިފްކޯއަށް މަސްގަންނަ އަދަދު އިތުރު ކުރުމުގެ ގޮތުން މިދިޔަ އަހަރު ވަނީ ދެ އުޅަނދެއް ވެސް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް