ރާއްޖޭގައި ކޯވިޑް ނެތްފަދަ، މިދިޔަ ހަފްތާގައި ބަލި ޖެހުނީ 77 މީހުންނަށް

ރާއްޖެއިން މިދިޔަ ހަފްތާގައި ކޯވިޑް-19 އަށް ޕޮސިޓިވްވީ 77 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެ އިދާރާއިން ހަފްތާ އަކު އެއްފަހަރު އާންމު ކުރާ ތަފާސް ހިސާބުތަކުގައި...

16 May 2022 | 08:41

ރާއްޖެއިން މިދިޔަ ހަފްތާގައި ކޯވިޑް-19 އަށް ޕޮސިޓިވްވީ 77 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އިދާރާއިން ހަފްތާ އަކު އެއްފަހަރު އާންމު ކުރާ ތަފާސް ހިސާބުތަކުގައި މިއަދު އާންމު ކޮށްފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ކޯވިޑް ޖެހިފައިވާ މީހުންނާއި އިތުރު ތަފްސީލްތަކެވެ.

އެ މައުލޫމާތުތަކުގައި ވާގޮތުން އެ މުއްދަތުގައި މާލެ ސަރަހައްދުން ބަލި ޖެހުނީ 28 މީހުންނަށެވެ. އަތޮޅުތެރެއިން ބަލި ޖެހިފައިވަނީ 19 މީހުންނަށެވެ.

ސިނާއީ ރަށްތަކާއި ރިސޯޓުތަކުން ބަލި ޖެހިފައިވަނީ 30 މީހުންނަށެވެ.

ވަކިވަކި ދުވަސްތަކަށް ބަލާއިރު މިމަހުގެ12 ވަނަ ދުވަހު އަތޮޅުތެރެއިން އެއްވެސް މީހަކަށް ކޯވިޑް ޖެހިފައެއް ނުވެ އެވެ. އަދި މިމަހުގެ14 ވަނަ ދުވަހު މާލެ ސަރަހައްދުން އެއްވެސް މީހަކަށް ބަލި ޖެހިފައެއް ނުވެ އެވެ.

ބަލީގައި މިދިޔަ ހަފްތާގައިވެސް މީހަކު މަރުވެފައެއް ނުވެ އެވެ. މިހާތަނަށް ކޯވިޑްގައި މަރުވެފައިވާ ޖުމްލަ އަކީ298ކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނީ 179،560 މީހުންނަށެވެ.

ރާއްޖޭގެ ކޯވިޑް އާންމު ހާލަތަކަށް ގެނެވިފައިވާކަމަށް ނިންމައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެ އަހަރު ފަހުން އުވާލީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ ކޯވިޑާއި ގުޅިގެން އެޅި ގިނަ ފިޔަވަޅުތައް އުވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް