މިދިޔަ އަހަރު އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ 32 ޕަސެންޓް އިތުރުވެއްޖެ

ސަރުކާރާއި އާންމުން ހިއްސާވާ ކުންފުނި އެސްޓީއޯ ގްރޫޕްގެ މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ 32 ޕަސެންޓް އުފުލިއްޖެއެވެ. އެސްޓީއޯއިން މިއަދު އާންމު ކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮ...

16 May 2022 | 08:33

ސަރުކާރާއި އާންމުން ހިއްސާވާ ކުންފުނި އެސްޓީއޯ ގްރޫޕްގެ މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ 32 ޕަސެންޓް އުފުލިއްޖެއެވެ.

އެސްޓީއޯއިން މިއަދު އާންމު ކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެސްޓީއޯ ގްރޫޕްއަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީ ގެ ގޮތުގައި ވަނީ 11.24 ބިލިއަން ރުފިޔާ ލިބިފައެވެ.

އެގޮތުން މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 32 ޕަސެންޓުގެ އިތުރުވުމެކެވެ.

އެސްޓީއޯއިން ބުނީ މީގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯ ގްރޫޕްއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި ބަލައި 26 އިންސައްތަ އިތުރުވެފައިވުމާއިއެކު، ފިޝަރީސް، ޝިޕިންގ އަދި ގޭސް ގެ އާމްދަނީ އިތުރުވެފައި ވާތީ ކަމަށެވެ.

އަދި އެސްޓީއޯއިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުވުމާއިއެކު 2021 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 10.2 ބިލިއަން ރުފިޔާ ލިބިފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.  މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައި ކަމަށެވެ.

މީގެ އިތުރުން މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އަށް އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާނަމަ އަށް ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މި މުއްދަތުގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ.

މިގޮތުން މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 12 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މީގެ އިތުރުން ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯ ގްރޫޕްގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 186 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 47 ޕަސެންޓް އިތުރުވުމެކެވެ.

އަދި ޓެކްސް އަށް ކެނޑުމަށްފަހު ކުންފުނީގެ ސާފު ފައިދާއަކީ 487 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 35 ޕަސެންޓުގެ ކުރިއެރުމެެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް