އާލިއާ އާއި ރަންބީރުގެ ކައިވަންޏަށް އެއް މަސްފުރުން ފާހަގަކޮށްފި

ދާދި ފަހުން ކައިވެނި ކުރި ބޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާލިއާ ބަޓާއި ރަންބީރު ކަޕޫރު ކައިވެނީގެ އެއް މަސް ފުރުން ފާހަގަކޮށްފިއެވެ. މި މަހުގެ 14 ވަނަ ދުވަހު ކައިވަންޏަށް އެއް މަސް ވުމުގެ މުނާ...

16 May 2022 | 08:16

ދާދި ފަހުން ކައިވެނި ކުރި ބޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާލިއާ ބަޓާއި ރަންބީރު ކަޕޫރު ކައިވެނީގެ އެއް މަސް ފުރުން ފާހަގަކޮށްފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ކައިވަންޏަށް އެއް މަސް ވުމުގެ މުނާސަބަތުގައި މި ދެތަރިން ވަނީ ޑިނާރ ޑޭޓަކަށް ގޮސްފައެވެ. ޑިނަރއަށް ދިޔައީ ކަރަން ޖޯހަރު އަލަށް ހުޅުވި ރެސްޓޯރެންޓަށް ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

ދުވަހާ ގުޅިގެން އާލިއާވަނީ ސޯޝަލް މީޑިއާގައި ދެ ތަރިންގެ ކައިވެނީގެ އާ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

އާލިއާގެ ފިލްމީ މަސައްކަތަށް ބަލާލާއިރު، މިހާރު ބުރަކޮށް މަސައްކަތް ކުރަމުންދަނީ ރަންވީރު ސިންގާއެކު ކުޅޭ ފިލްމު ރޮކީ އޯރު ރާނީކީ ޕްރޭމް ކަހާނީ ގައެވެ. މީ ކަރަން ޖޯހަރު ޑައިރެކްޓުކުރާ ފިލްމެކެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 2023ގައެވެ.

ރަންބީރު މަސައްކަތް ކުރަމުންދަނީ ޑައިރެކްޓަރ ލަވް ރަންޖަންގެ ފިލްމެއްގައެވެ.

އާަލިއާ އާއި ރަންބީރު އެންމެ އަވަހަށް އެކުގައި ފެނިގެންދާނީ އާޔަން މުކަރުޖީގެ ފިލްމު ބުރަހަމާސްތުރަ އިންނެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު ނުވައެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް