ހަނދުކޭތައިގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދު އުނދަ އަރާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދު އުދަ އަރާފާނެ ކަމަށް ލަފާކޮށް ސަމާލުވާން އިލްތިމާސްކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) ގެ އޮފިޝަލަކު ވިދާޅުވީ އުދައަރާނެ ކަމަށް ލަފާ ކުރެވެނީ ހަނދުކޭތ...

16 May 2022 | 07:20

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދު އުދަ އަރާފާނެ ކަމަށް ލަފާކޮށް ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) ގެ އޮފިޝަލަކު ވިދާޅުވީ އުދައަރާނެ ކަމަށް ލަފާ ކުރެވެނީ ހަނދުކޭތައެއް ހިފާފައިވާތީ އެވެ. ޔޫރަޕް އަދި އެފްރިކާގެ ގައުމުތަކަށް މިހާރު ހިފަން ފަށާފައިވާ އެ ހަނދުކޭތަ ރާއްޖެ އަށް ނުފެންނާނެ އެވެ.

އޭނާ ވިދާޅުވީ އުދައިގެ އަސަރު އެންމެ ބޮޑުވާނީ އާންމުކޮށް އުދަ އަރާ ސަރަހައްދުތަކަށެވެ.

ކޮންމެ މަހެއްގައިވެސް ފުރިހަމަ ހަނދު ދިޔަވަރު އުފުލޭނެ ކަމަށާއި އެ ދުވަސްވަރު މިއަދު ހަނދުކޭތައެއް ހިފުމުން އިތުރަށް ދިޔަވަރު އުފުލޭނެ ކަމަށެވެ. އެކަމަކު އުދައިގެ އަސަރު ބޮޑުވާނީ އާންމުކޮށް އުދަ އަރާ ސަރަހައްދުތަކަށެވެ.

މެޓް އޮފީހުން ވަނީ އުދައިގެ އިތުރުން ވަޔާއި ކަނޑު ގަދަވާނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފަ އެވެ. އެލާޓު ނެރެފައިވަނީ ހެނދުނު11:00 ން ހަވީރު5:00 އަށް ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މިވަގުތުތަކުގައި އާންމު ގޮތެއްގައި19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެ އެވެ. ވިލާގަނޑުގައި50 މޭލަށް ވައިގަދަވާނެ ކަމަށް ބުނެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް