ޔާމީންގެ ދަރިކަލުން ޒެއިންވެސް ސިޔާސީ ދާއިރާގައި ކުރިޔަށްދާން ޓުވިޓާއަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދޮށީ ފިރިހެން ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ސިޔާސީ ދާއިރާގައި ހަރަކާތްތެރިކަމާއި އެކު އުޅެން ފަށަން ތައްޔާރުވަމުންދާ ފަދަ އިޝާރާތެއް ކުރައްވައިފި އެވެ. ރައީސް ޔާމީންގ...

16 May 2022 | 05:57

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދޮށީ ފިރިހެން ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ސިޔާސީ ދާއިރާގައި ހަރަކާތްތެރިކަމާއި އެކު އުޅެން ފަށަން ތައްޔާރުވަމުންދާ ފަދަ އިޝާރާތެއް ކުރައްވައިފި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ބޭއްވި ކުޅިވަރާއި ގުޅޭ ބައެއް ގައުމީ ހަރަކާތްތަކުން އާއިލާ އެއްކޮށް ފެނިގެންދާއިރު ޒެއިން ހުންނަވަ އެވެ. އެނޫން ކަމެއްގައި ރައީސް ޔާމީންގެ ވެރިކަމުގައި ފެނިފައެއްނުވެއެވެ.

އެކަމަކު ޔާމީންގެ ވެރިކަން ނިމުނު ފަހުން އެމަނިކުފާނުގެ މައްޗަށް ސާބިތު ކުރި ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ޖަލަށް ލި މައްސަލައިގަ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކުރި މުޒާހަރާތަކުގައި އޭނާ ބައިވެރިވެވަޑައިގެންފަ ވެއެވެ. ޕީޕީއެމްގެ ވެރިން ޒެއިންގެ ފޮޓޯ އާންމުކޮށް އޭނާ މުޒާހަރާތަކުގައި ބައިވެރިވާކަން ހާމަ ކުރި ނަމަވެސް މިހާތަނަށް އާންމުންގެ މާބޮޑު ސަމާލުކަމެއް ޒެއިންއަށް ލިބިފައެއް ނުވެ އެވެ.

ޒެއިން ސިޔާސީ ދާއިރާއަށް ނުކުންނަވާ ކަމުގެ އިޝާރާތެއް ކުރެއްވީ ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާ އާއި ގުޅިވަޑައިގެންނެވެ. މީގެ 12 ގަޑިއިރެއްހާއިރު ކުރިން ޒެއިން ޓުވީޓާ ބޭނުން ކުރަން ފައްޓާފައިވަނީ ބައްޕާފުޅެކޭ އެއްގޮތަށް ބިސްމިނުގެ ބަރަކާތުންނެވެ.

އޭގެ ފަހުން މިހާތަނަށް އަދި ޓުވީޓެއް ކުރައްވާފައެއް ނުވެ އެވެ.

https://twitter.com/ZeineYameen

ޔާމީން ޓުވިޓާ އާއި ގުޅިވަޑައިގެންނެވީ މިމަހުގެ ކުރީކޮޅު އެވެ. ބިސްމިނުގެ ބަރަކާތުން ޔާމީން ޓުވިޓާ އާއި ގުޅިވަޑައި ސަރުކާރުގެ ގިނަ ކަންކަމަށް ފާޑުވިދާޅުވަމުން ގެންދަވަނީ މުޅިންވެސް މޮޅެތި އިނގިރޭސި ބަސްތައް ބޭނުން ކުރައްވައިގެންނެވެ.

ސިޔާސީ ދާއިރާގައި ކާމިޔާބީތަކެއް ހޯއްދަވައިގެން ހުންނެވި ޔާމީން އަލަށް ޓުވިޓާ އާއި ގުޅިވަޑައިގެންނެވީ ބޭނުންވާ ހިޔާލުފާޅު ކުރެއްވުމަށް ކަމަށް ސިޔާސީ ފަރާތްތަކުން ވިދާޅުވެ އެވެ. އެހެންވެ ޒެއިންވެސް ޓުވިޓާ އާއި ގުޅިވަޑައިގެންނެވީ ސިޔާސީ ދާއިރާއިން ކުރިޔަށް ދިއުމަށާއި އޭނާގެ ވިސްނުމާއި ފިކުރު ހާމަ ކުރެއްވުމަށް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް