"ބިރުވެރި ވާހަކަ"ގެ ޓީޒާ ދައްކާލައިފި، ވަރަށް ބިރުވެރި!

އައި ފިލްމްސްގެ ކުރިޔަށް އޮތް ޑްރާމާ ސިލްސިލާ "ބިރުވެރި ވާހަކަ" ގެ ޓީޒާ ދައްކާލައިފި އެވެ. އައި ފިލްމް އަކީ މަޝްހުރު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ ޕްރޮޑަކްޝަން ހައުސް އެވެ. މި ފިލްމުގެ ޑައިރ...

16 May 2022 | 04:38

އައި ފިލްމްސްގެ ކުރިޔަށް އޮތް ޑްރާމާ ސިލްސިލާ "ބިރުވެރި ވާހަކަ" ގެ ޓީޒާ ދައްކާލައިފި އެވެ.

އައި ފިލްމް އަކީ މަޝްހުރު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ ޕްރޮޑަކްޝަން ހައުސް އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީވެސް އޭނާ އެވެ.

ޓީޒާގެ ފެންނަ މަންޒަރުތަކަށް ބަލާއިރު މި ސިލްސިލާ ވަރަށް ބިރުވެރިވާނެ ކަމަށް ބެލެވެ އެވެ. އެމީހުން ދައްކާ އެއްވެސް ވާހަކައިގެ ތަންކޮޅެއް ހިމަނާފަ ނުވާއިރު މުޅިންވެސް ފެންނަނީ ބިރުވެރި ކަމެއް ދިމާވާ މަންޒަރާއި އެކަމަކުން ސަލާމަތްވާން ދުވާތަކެވެ.

ޓީޒާއިން މި ސީރީޒްގައި ފެނިގެންދާނެ މޮޅު މޭކަޕްތަކާއި އެކްޓަރުންގެ ހުނަރުގެ އިތުރުން ސްޕެޝަލް އިފެކްޓްސްތައް އެނގިގެންދެ އެވެ. މި ޑްރާމާ ސިލްސިލާގައި ލީޑްރޯލުން ފެނިގެންދާނީ އައިޝަތު ރިޝްމީ އެވެ.

ޓީޒާ ނިމޭތަނުން ”ކޮބާ؟… ބިރުގަތީ؟… ބޫއްހް!!“ ސްކްރީނަށް ބަލަހައްޓައިގެން ހުރެ، ރިޝްމީ ބުނެ އެވެ.

https://www.youtube.com/watch?v=oI294f3eb14

ރިޝްމީގެ އިތުރުން މި ސީރީޒްއިން ފެނިގެންދާނެ ތަރިންގެ ތެރޭގައި ޝަރަފް ޢަބްދުﷲ، ޔަމް، ވިޝާލް (ރޯމަން)، ތާތި، އަފްރާހް، ނުޒޫ، ސަރާ، ރިޝްމީ އެވެ.

މިމަހު ކުރީކޮޅު، ”ބިރުވެރި ވާހަކަ“ ސީރީޒްގެ ޕްރޮމޯ ލަވައެއް ”ޝައިޠޯނާ“ގެ ނަމުގައި އައިފިލްމްސް އިން ނެރެފައިވެ އެވެ.

އިއްލެގެ ފިލްމުތަކާއި ޑްރާމާ ސިލްސިލާތަކަކީ މިފަހުން ދިވެހިންގެ މެދުގައި މަގުބޫލު އުފެއްދުންތަކަށް ވެފައިވާތީ ގިނަ ބަޔަކު ވަނީ "ބިރުވެރި ވާހަކަ" އަކީވެސް ބެލުންތެރިންނަށް ކަމުދާނެ އުފެއްދުމަކަށް ވާނެ ކަމަށް ގަބޫލު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް