ބޯ ގުޅިފައިވާ ދެ ކުއްޖަކު ވަކިކޮށްލުމަށް ސައޫދީގައި ކާމިޔާބު އޮޕަރޭޝަނެއް

ބޮލުން ގުޅިފައިވާ އެއްމާބަނޑު ކުޑަ ދެ ކުއްޖަކު ވަކިކޮށްލުމުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ސައޫދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަ ކިންގް ސަލްމ...

16 May 2022 | 03:03

ބޮލުން ގުޅިފައިވާ އެއްމާބަނޑު ކުޑަ ދެ ކުއްޖަކު ވަކިކޮށްލުމުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ސައޫދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަ ކިންގް ސަލްމާން ހޮސްޕިޓަލުގައެވެ.

ބޮލުން ގުޅިފައިވާ އެ ދެކުދިންނަކީ ޔަމަނަށް ނިސްބަތްވާ ދެ ކުދިންނެވެ. އެ ދެކުދިންގެ އޮޕަރޭޝަން ސައޫދީގައި ކުރިއަށްގެންގޮސްފައިވަނީ ސައޫދީ ރަސްގެފާނު ކިންގް ސަލްމާންގެ އޯޑަރަށް، ރަސްގެފާނުގެ ހިލޭ އެހީގެ ދަށުންނެވެ.

އެކި ފޭސްތަކަށް ބަހާލައިގެން 15 ގަޑިއިރުން ނިންމާލި މި އޮޕަރޭޝަން ކުރުމުގައި 24 މެންބަރުންގެ މެޑިކަލް ޓީމެއް ހަރަކާތްތެރިވެފައިވެއެވެ.

ޔޫސުފް އަދި ޔާސިން ނަމަކަށްކިޔާ އެ ދެ ކުދިންނަކީ ޔަމަނުގެ މުހައްމަދު އަބްދުއްރަހްމާން ނަމަކަށްކިޔާ މީހެއްގެ ދެ ދަރިންނެވެ. ކާމިޔާބު ކަމާއެކު މި އޮޕަރޭޝަން މިހާރު ނިންމާލާފައިވާއިރު ދެ ކުދިންގެ ހާލުވެސް ރަނގަޅުކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް