ތިން ކެޓަގަރީއެއްގެ މީހުންގެ ސާމްޕަލް ނަގައިދޭން ގޭގެއަށް ދަނީ

ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ތިން ކެޓަގަރީއެއްގެ މީހުންގެ ތެރެއިން ސާމްޕަލް ނަގަން ބޭނުންވާ ފަރާތްތަކުގެ ސާމްޕަލް ނަގައިދޭން ގޭގެއަށް ދާން ފަށާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީ...

16 May 2021 | 17:44

ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ތިން ކެޓަގަރީއެއްގެ މީހުންގެ ތެރެއިން ސާމްޕަލް ނަގަން ބޭނުންވާ ފަރާތްތަކުގެ ސާމްޕަލް ނަގައިދޭން ގޭގެއަށް ދާން ފަށާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މާލޭގެ ސާމްޕަލް ކަލެކްޝަންސް ސެންޓަރުތައް މިހާރު ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާ ކަމަށެވެ. އަދި އެކަމުގެ އުނދަގޫ ބައެއް ކެޓަގަރީތަކުގެ މީހުންނަށް ކުރަމުންދާތީ އެކަމަށް ހައްލެއް ގެނައުމާއި ގުޅޭގޮތުން މަޝްވަރާ ކޮށް ގޮތެއް ކަނޑައެޅިފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ގޭގެއަށް ގޮސް ސާމްޕަކް ނަގައިދޭން ހަމަޖެހިފައިވަނީ އުމުރުން އެއް އަހަރުގެ ދަށުގެ ކުދިންނާއި ނުކުޅެދުންތެރިކަން ހުރި ކުދިންނާއި މީހުންގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުންގެ ކަމަށެވެ. އެ ފަރާތްކުގެ ސާމްޕަލް ނެގުމަށް އެޗްޕީއޭގެ ނަމްބަރަށް ގުޅައިގެން އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށާއި އޭރުން އެގެއަކަށް ތީމުތައް ގޮސް ސާމްޕަލް ނަގައިދޭނެ ކަމަށެވެ.

މި ހިދުމަތް ދޭން ފަށާނީ މާދަމާއިން ފެށިގެންނެވެ.

މާލޭ ސިޓީގެ ފްލޫ ކްލިނިކްތަކުން ތިން ގަޑިއެއްގައި ސާމްޕަލް ނެގުމުގެ ހިދުމަތްދެ އެވެ. އެގޮތުން މާލޭގައި ހިންގާ ފްލޫ ކްލިނިކްތައް ކަމަށްވާ ސެނިހަޔާ އަދި މާލޭ ހިޔާ ފްލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު ފަހު 3:30 އަށް ކަރަންޓީން ރިލީޒް ސާމްޕަލާއި އަމިއްލައަށް ސާމްޕަލް ދޭން ބޭނުންވާ މީހުންނަށް ފުރުސަތު އޮންނާނެ އެވެ.

ހުޅުމާލޭ ފުލޫ ކްލިނިކުން ސާމްޕަކް ނަގާނީ މެންދުރު 1:00 ން ހަވީރު 4:00 އަށެވެ. އަދި ވިލިމާލޭ ފްލޫ ކްލިނިކްގައި ކަރަންޓީން ރިލީޒް ސާމްޕަލާއި އަމިއްލައަށް ސާމްޕަލް ދޭން ބޭނުންވާ މީހުންގެ ސާމްޕަލް ނެގުން ކުރިޔަށް ދާނީ މެންދުރު ފަހު 3:00 ން ހަވީރު 4:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް