މިއަދުގެ 515 އާއި އެކު ޖުމްލަ 741 މީހުން ކޯވިޑަށް ޕޮސިޓިވް

ވިޑް-19 އަށް އިތުރު 741 މީހުން ޕޮސިޓިވް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު މާލޭ ސިޓިން ޕޮސިޓިވްވެފައިވަނީ 560 މީހުންނެވެ. އަތޮޅުތެރެއިން 156 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން މިއަދު ޕޮސިޓިވް ވެފައިވަ...

16 May 2021 | 17:24

ވިޑް-19 އަށް އިތުރު 741 މީހުން ޕޮސިޓިވް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު މާލޭ ސިޓިން ޕޮސިޓިވްވެފައިވަނީ 560 މީހުންނެވެ. އަތޮޅުތެރެއިން 156 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން މިއަދު ޕޮސިޓިވް ވެފައިވަނީ 25 މީހުންނެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވި ލިސްޓުގައި ހިމަނާފައިވާ މީހުންގެ ތެރެއިން އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް ޕޮސިޓިވްވެފައިވާ މީހުންގެ އަދަދަކީ 515 ކަމަށެވެ. އަނެއް ޕޮސިޓިވް ކޭސްތަކަކީ އޭގެ ކުރީގެ ތާރީހުތަކުގައި ނަގާފައިވާ ސާމްޕަލްތަކެއް ކަމަށެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 2،881 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 15،958 މީހުންނަށެވެ، އޭގެ ތެރެއިން 262 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 28،459 މީހުންނެވެ. އަދި ބަލީގައި މަރުވެފައިވަނީ 97 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިދް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 44،523 އަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް