ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު ހިނގުން ވެހިކަލް ޕާކު ނުކުރެވޭ މަގަކަށް ނުހެދުނީ އެކަމުގައި ހައުސިން މިނިސްޓްރީން އެއްބާރުލުން ނުދިނުމުން ކަމުގައި މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ މިހެން ވިދާޅުވެފައިވަނީ މިކަމާއި ގުޅިގެން ނެރުއްވާފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެކަމަށް އެމްއެންޑީއެފުން އެދުމުން އެ ސަރަހައްދުން އިތުރު ޕާކިން ޒޯނެއް ހަމަޖެއްސުމަށް ދެ ސަރަހައްދެއް ބެލެވި އެ އިންތިޒާމު ހަމަޖެއްސުމަށް އެދި ހައުސިން މިނިސްޓްރީގައި ސިޓީއަކުން ދެންނެވި ކަމަށެވެ. އަދި މޭޔަރ އަމިއްލަފުޅަށް މިނިސްޓަރު އަސްލަމަށް މެސެޖު ކުރެއްވި ކަމަށެވެ. އަދި ތަކުރާރުކޮށް މަސައްކަތް ކުރެއްވި ކަމަށްވެސް ބުނެފައިވެއެވެ.
"އެކަން އަވަސްކުރުމަށް މޭޔަރުގެ ހައިސިއްޔަތުން، މިނިސްތަރު އަސްލަމަށް އެކިފަހަރުމަތިން ގުޅައި، ބިއްލޫރިޖެހިގެ ނުވަތަ ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން އެ ސަރަހައްދުން ސަރުކާރަށް ލިބިފައިވާ ބިމެއްކަމަށްވާ ފޭދޫކޮށި (ބްލޮކް 139) ހަމަޖައްސަައިދިނުމަށާ އެ ކޮށި ހުޅުވައިގެން ކުރެހުމަށްޓަކައި އެތަނުގެ ތަޅުދަނޑި ހަވާލުކޮށްދެއްވުމަށްވެސް ދަންނަވާފައިވާނެއެވެ." މޭޔަރ ޝިފާ ވިދާޅުވެފައިވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް