ޓެރަރިޒަމް އޮޕަރޭޝަންގައި އައްޑޫން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

އައްޑޫ ސިޓީން އިއްޔެ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. އިއްޔެ އައްޑޫގައި ފުލުހުންނާއި ސިފައިން އޮޕަރޭޝަނެއް ހިންގީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުންނެވެ. އެ އޮޕަރޭޝަން...

16 May 2021 | 12:36

އައްޑޫ ސިޓީން އިއްޔެ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

އިއްޔެ އައްޑޫގައި ފުލުހުންނާއި ސިފައިން އޮޕަރޭޝަނެއް ހިންގީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުންނެވެ. އެ އޮޕަރޭޝަންގައި ވަނީ ހަތް މީހަކު އެ ސިޓީގެ އެކި ރަށްތަކުން ހައްޔަރުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ ހައްޔަރު ކުރި އެންމެންގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ތިން މީހެއްގެ ބަންދަށް15 ދުވަސް އަދި ހަތަރު މީހުންގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހައިދީފަވާ ކަމަށް ބުނެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެމްޑީއެފް އާއި ޕޮލިހުން ގުޅިގެން އައްޑޫ ސިޓީގައި އޮޕަރޭޝަނެއް ކުރިއަށްގެންދާކަމަށެވެ.

މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް