ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ނިންމައިފި އެވެ.
މިއީ މިމަހުގެ ހަ ވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަށް ދިން ބޮމުގެ ޓެރަރިސްޓު ހަމަލާގެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ. ދައުރު ފެށުމުގެ ކުރިން މި މައްސަލައިގަ މަޖިލީހުގެ ޖަލްސާތަކެއް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދިޔަ އެވެ.
ދެވަނަ ދައުރުގެ ޖަލްސާތައް ފަށަން ނިންމައި މަޖިލީހުގެ އިދާރާއިން މިހާރު ވަނީ އެޖެންޑާ އާންމުކޮށްފައި އެވެ. އެޖެންޑާގައިވާގޮތުން ތާވަލު ކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓު ހަމަލާ އާއި ގުޅޭ ދެ މައްސަލަ އެކެވެ.
އޭގެ ތެރޭގައި ހިމެނެނީ ރިޔާސަތުން ހުށަހަޅާ މައްސަލައިގެ ގޮތުގައި ނަޝީދަށް ޓެރަރިސްޓު ހަމަލާ ދިން މައްސަލަ މަޖިލީހަށް ހުށަހެޅުމެވެ . އަދި ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅޭ ހާއްސަ މައްސަލަ ދިރާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ.
ދެން ޖަލްސާގައި ކުރިޔަށް ގެންދަން ނިންމާފައިވަނީ ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓަށް އަހާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް