މުޅި ނ. ހޮޅުދޫގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަޝްރޫއެއް އެ ރަށު ކައުންސިލާއި ހޮޅުދޫ ޕޮލިސްޓޭޝަން ގުޅިގެން ފަށައިފިއެވެ.
ދޮޅު އަހަރު ކުރިން ފެށި މި މަޝްރޫއުގެ އަމަލީ މަސައްކަތް ދެ މަސް ކުރިން ފަށާފައި ވާއިރު ކުރިއަށް އޮތް 2 މަސް ތެރޭ މުޅި މަޝްރޫއު ނިންމުމަށް ވަނީ އަމާޒު ހިފައިފައެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ފިޔަވަހި ތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ޖުމުލަ 80 ކެމެރާ، 24 ސަރަހއައްދެއްގައި ހަރުކުރާނެއެވެ. އަދި މި ކެމެރާތަކުން މުޅި ރަސް ކަވަރު ކުރެވޭނެ ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ނަސީރު "ދުވަސް"އަށް ވިދާޅުވިއެވެ.
މިހާރު ވެސް ކުށް މަދު ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ އެ ރަށުގައި އެކަން ދެމެހެއްޓުމަށް މި ކެމެރޭތައް އެހީތެރިވާނެ ކަމަށް މުހައްމަދު ނަސީރު ވިދާޅުވިއެވެ.
މި ކެމެރާތަކުގެ އެކްސެސް ކައުންސިލްގެ އިދާރާގެ އިތުރުން ޕޮލިސް ސްޓޭޝަނަށް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއަށް ޖުމުލަ ދެ ލައްކަ ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. އެ ފައިސާއަކީ ކައުންސިލްގެ ބަޖެޓުންނާއި، ހެޔޮ އެދޭ އެކި ފަރާތްތަކުން ދީފައިވާ ފައިސާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަސީރު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ޖުމްލަ ދޮޅު އަހަރު ހޭދަކުރެވުނެވެ. އަދި މަސައްކަތް ލަސްވެގެން ގޮސްފައި ވަނީ ކޯވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން ކަމަށް ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަށެއްގައި ކުރިއަށް ގެންދާ މި ފަދަ މަޝްރޫއުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް