މާބަނޑު މީހުން ފައިޒާ ވެކްސިނަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މާބަނޑު މީހުން ފައިޒާ ވެކްސިނަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ދާ ތަރުތީބުންނެވެ. ރަޖިސްޓްރީ ކުރަން ހުޅުވާލި ފޯމުގ...

16 May 2021 | 11:57

މާބަނޑު މީހުން ފައިޒާ ވެކްސިނަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ދާ ތަރުތީބުންނެވެ.

ރަޖިސްޓްރީ ކުރަން ހުޅުވާލި ފޯމުގެ ލިންކް

މި މަހުގެ ކުރީކޮޅު، މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ޗެއާމަން އަދި ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓުވީޓެއްގައި ވެސް މިފަދަ އިޝާރާތެއް ކޮށްފައި ވެއެވެ.

ޑރ. ފައިސަލް މިހެން ވިދާޅުވެފައިވަނީ ފަހަކަށް އައިސް މާބަނޑު މީހުންނަށް ކޯވިޑް ޖެހުން އިތުރުވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފަ ވަނިކޮށެވެ.

ކޯވިޑް-19 އަށް ތައްޔާރުކޮށް ބޭނުން ކުރާމުންދާ ވެކްސިންތަކުގެ ތެރެއިން ފައިޒާ ވެކްސިން ދިރާސާކޮށްފައިވަނީ މާބަނޑު މީހުން ހިމެނޭ ގޮތަށް 16 އަހަރާއި 60 އަހަރުގެ ކުދިންނާއި މީހުން ޓެސްޓުގައި ބައިވެރިކޮށްގެންނެވެ. އަދި އެ ވެކްސިން އަކީ މާބަނޑު މީހުންނަށް ދިނުމުގެ ހުއްދަ އޮންނަ ވެކްސިނެކެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ފުރަތަމަ ދިނީ އުމުރުން 16 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ކުދިންނާއި މީހުންނަށެވެ. ފަހުން ވަނީ 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ކޯވީޑް ވެކްސިންގެ ފުރަތަމަ ޑޯޒު ނުޖަހާ މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށާފަ އެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން އަންނައިރު، މިހާރު ކޮވިޑަށް ޕޮޒިޓިވް 50އެއްހާ މާބަނޑު ޕޭޝަންޓުން އެބަތިބިކަމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވެފައިވެއެވެ.

ޑރ. މުހައްމަދު އަލީ މިހެން ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލްގެ ޑިޕާޓްމަންޓް އޮފް އޮބްސްޓްރެޓްރިކްސް އެންޑް ގައިނަކޮލޮޖީގެ ޕޯސްޓެއް ޓްވިޓާގައި ޝެއަރކުރައްވަމުންނެވެ.

އެ ޕޯސްޓްގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވް ވާ ނުވަތަ ކޮވިޑަށް ޝައްކުވާ މާބަނޑު ފަރާތްތައް އެ ހޮސްޕިޓަލްގެ އޮބްޖީން އިމަޖެންސީ ރެސްޕޯންސް ނަމްބަރު 3308234 އަށް ގުޅުއްވުން އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް