ހޯރަފުށި އެއާޕޯޓް އެޅީ އީއައިއޭއާ އެއްގޮތަށް ތޯ ބަލަނީ: އީޕީއޭ

ހއ. ހޯރަފުށީ އެއާޕޯޓު އަޅާފައިވަނީ އެންވާރަމަންޓަލް އިމްޕެކްސް އެސެސްމަންޓް ރިޕޯޓާ އެއްގޮތަށް ތޯ ބަލަމުން ގެންދާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ. ހޯރަފުށީ އެއާ...

16 May 2021 | 11:51

ހއ. ހޯރަފުށީ އެއާޕޯޓު އަޅާފައިވަނީ އެންވާރަމަންޓަލް އިމްޕެކްސް އެސެސްމަންޓް ރިޕޯޓާ އެއްގޮތަށް ތޯ ބަލަމުން ގެންދާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ހޯރަފުށީ އެއާޕޯޓަކީ މިސަރުކާރުން ތައާރަފު ކުރި ޖަޒީރާ ވަންތަ ކޮންސެޕްޓަަށް އެޅި ފުރަތަމަ އެއާޕޯޓެވެ.އެއެއާޕޯޓު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ހޯރަފުށީ އެއާޕޯޓުގެ މައްސަލަ މިހާބުވެފައިވަނީ މިދިޔަ ފަސް ވަރަކަށް ދުވަހު ގަދަ ވަޔާއި އެކު ރާއްޖެއަށް ކުރި ވިއްސާރައިގަ އެއާޕޯޓަށް އުދަ އަރަ އާއި ގާ އަރައި ފެންބޮޑުވުމުގެ މައްސަލަ ދިމާވުމުންނެވެ.  މިކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެހެން ދިމާވީ އެއާޕޯޓު އަޅާފައި އޮތް ފަޅީގެ ގޮތުން ކަމަށް ބުނެފަ އެވެ.

މި މައްސަލައިގަ މިއަދު އީޕީއޭއިން މީޑިއާގައި ބުނެފައިވަނީ ހޯރަފުށީ އެއާޕޯޓް ހަދާފައިވާ ގޮތް ބަލަމުން ކަމަށެވެ. އަދި އެއާޕޯޓު ހެދުމުގައި އެ އެޖެންސީން ހުއްދަ ދީފައިވާ އީއައިއޭގެ ރިޕޯޓާ އެއްގޮތަށް އަމަލުކޮށްފައިވޭތޯވެސް ބަލަމުންދާ ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގަ  ހޯރަފުށީ އެއާޕޯޓްގެ މުޅި ރަންވޭ ފެނުއަޑީގައި އޮތް އިރު އެއާޕޯޓާއި އެ ރަށާއި ދެމެދު އަޅާފައިވާ ކޯޒްވޭ އަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. އަދި އުދަ އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އިތުރުން ވައި ބާރުވުމުގެ ސަބަބުން އެއާޕޯޓުގެ ގިމަތައިގެ ދޮރުތައްވެސް ވެއްޓިފައި ވާއިރު، ލިބިފައިވާ ގެއްލުންތައް މަރާމާރު ކުރަން ބޮޑު ހަރަދެއް ދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް