ފުވައްމުލައް ސިޓީގައި ކޮވިޑަށް ފައްސިވި މީހުންހެ އަދަދު 121އަށް އަރައިފި

ފުވައްމުލައް ސިޓީގައި ކޮވިޑަށް ފައްސިވި މީހުންހެ އަދަދު 121އަށް އަރައިފިއެވެ. މިއީ ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން އެއްފަހަރާ ތިބި އަދަދު 100 އިން މައްޗަށް ދިޔަ ފުރަތަމަ ފަހ...

16 May 2021 | 11:43

ފުވައްމުލައް ސިޓީގައި ކޮވިޑަށް ފައްސިވި މީހުންހެ އަދަދު 121އަށް އަރައިފިއެވެ. މިއީ ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން އެއްފަހަރާ ތިބި އަދަދު 100 އިން މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ފާއިތުވި 24 ގަޑިއިރުތެރޭ އިތުރު 22 މީހަކު ފުވައްމުލަކުން ފައްސިވެ، އެ ރަށުން ޖުމުލަ ފައްސިވި މީހުންގެ އަދަދު ވަނީ 121 އަށް އަރާފައެވެ.

ފުވައްމުލަކުގައި 87 އަހަރުގެ އަންހެނަކަށް ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދެއެވެ. އެޑްމިޓް ކުރެވުނީ ކޮވިޑްގެ ޙާލަތު ގޯސްވެގެންނެއް ނޫން ކަމަށާއި މިވަގުތު ބަލިމީހާގެ ހުރި އެހެން ބައެއް ޞިއްޙީ މައްސަލަތަކަށް ފަރުވާ ދިނުމަށް ކަމަށް އެރަށު ހޮސްޕިޓަލުން ބުނެއެވެ.

އެ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި އިދާރީ މުވައްޒަފަކު ވަނީ އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ފުވައްމުލަކުގައި ޑައިރެކްޑް ކޮންޓެކްޓުންގެ ގޮތުގައި އަލަށް90 ފަރާތެއް ފާހަގަވެފައިވާ ކަމަށް އެރަށު ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މިވަގުތު ނަތީޖާ ނުލިބޭ179 ސާމްޕަލް ވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ. ފުވައްމުލަކުގައި ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން75 މީހަކަށް ބަލިން ޝިފާލިބިފައިވެއެވެ.

ފުވައްމުލައް މޮނިޓަރިންގްއަށް ލާފައި ވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެއީ ފުލޫ ކްލިނިކަށް ދެއްކި  މީހަކުފައްސިވުމާ ގުޅިގެންނެވެ.

ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު އެޗްޕީއޭ އިން ވަނީ ފުވައްމުލަކުގައި ކާފިއު ހިންގަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް