ބޮލީވުޑް އަދި ހޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއަށް މިހާރު 38 އަހަރެވެ.
މިސްވޯލްޑްގެ މަގާމު 2000 ވަނަ އަހަރު ހޯދާފައިވާ ޕްރިޔަންކާ އަކީ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާގެ ޒުވާން ކަމާއި ރީތިކަން އެ މަގާމު ލިބުނު އިރު ހުރިކަން އެނގެނީ އޭގެ ފަހުން އޭނާ ހޯދި ކާމިޔާބާއި ދިރިއުޅުމުގައި ހޯދި ކުރިއެރުމުންނެވެ.
ޕްރިޔަންކާ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އުމުރުން ދުވަސްވާރަވަރަކަށް އޭނާގެ ރީތި ހަށިގަނޑަށް ބަދަލު އަންނަ ކަމަށް އެއްބަސްވާން ލަދު ނުގަންނަ ކަމަށެވެ. އަދި އެ ބަދަލުތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ދޮގު ހަދަން ބޭނުން ނުވާ ކަމަށެވެ.
ޕްރިޔަންކާ ބުނީ މީގެ 8-10 ވަރަކަށް އަހަރު ކުރީގައި ހުރި ރީތި ހަށިގަނޑު މިހާރު ނެތް ކަމަށެވެ. މިހާރު ހަށިގަނޑަށް ތަފާތު ބަދަލުތައް އަންނަމުންދާ ކަމަށާއި އެކަން އޭނާގެ މޫނު މަތިން އާންމުންނަށް އެނގޭނެ ކަމަށެވެ. އެހެން ކަމުން ތަފްސީލަށް ދާކަށް ނުޖެހޭނެ ކަމަށެވެ.
ޕްރިޔަންކާ ބުނީ އަބަދުވެސް ދިޔައީ އެބަދަލުތާއި މެދު ވިސްނާ ފިކުރުކޮށް އެކަމަށް ތައްޔާރުވަމުން ކަމަށެވެ. އެއީ އޭނާއަށް އެކަނި އަންނާނެ ބަދަލެއް ނޫންކަން ފާހަގަ ކޮށް ޕްރިޔަންކާ ބުނީ ހަށިގަނޑަށް އަންނަ ބަދަލާއި މެދު ވިސްނާލެވޭ ކޮންމެ ފަހަރަކު ވަރަށް ހިތްދަތިވާ ކަމަށެވެ.
އެހެންވެ މަސައްކަތް ކުރަނީ އެ ހިޔާލު ދޫކޮށްލައި އެހެން ކޮންމެސް އުފާވެރިކަމަކާއި ބެހޭގޮތުން ވިސްނައި އެހެން މަސައްކަތެއް ކުރެވޭތޯ ކަމަށެވެ.
ޕްރިޔަންކާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ ފަހުން އޭނާ ފެނިފައިވަނީ ނެޓްފްލިކްސް އިން ދެއްކި "ވައިޓް ޓައިގާ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް