ވިއްސާރައިގައި 343 ގެއަކަށް ގެއްލުން ވެފައިވޭ: އެންޑީއެމްއޭ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި 343 ގެއަކަށް ގެއްލުން ވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ. އެއޮތޯރިޓީން ބުނީ ހޮނިހިރު ދުވަހުގެ މެ...

16 May 2021 | 09:42

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި 343 ގެއަކަށް ގެއްލުން ވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

އެއޮތޯރިޓީން ބުނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 3އިން ފެށިގެން 9 ޖެހުމާ ހަމައަށް އެއޮތީރިޓީއަށް ލިބިފައިވާ މަޢުލޫމާތު ތަކުގެ ތެރޭގައި އުދައެރުމުގެ ސަބަބުން ކ.ދިއްފުށީގެ 13 ގެއަކަށް ލޮނުވަދެފައިވާކަމަށެވެ. އުދައިއެރުމުގެ ސަބަބުން ރަށުތެރެއަށް އަރާފައިވާ ލޮނުގަނޑު ހިންދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ކަމޭބެހޭ ފަރާތްތައް ގުޅިގެން ކުރިއަށްދާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އެގޮތުން 291 ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާކަމަށް އެންޑީއެމްއޭއިން ބުނެފައި ވެއެވެ. މީގެތެރެއިން 119 ގެއެއްގައި 392 ވެލިބަސްތާ ޖަހާފައިވާކަމަށާއި 4 ގެއެއްގެ މުދާތައް ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް އެއޮތޯރިޓީން ބުނެއެވެ. އަދި އެސިޓީގައި ފެން ހިނދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެންޑީއެމްއޭން ބުނެއެވެ.

https://twitter.com/MetMaldives/status/1393850853769957378

ވިއްސާރައިގައި އައްޑޫ ސިޓީގެ ގެތަކަށްވެސް ފެންވަދެފައިވާ ކަމަށާއި އެގޮތުން އެސިޓީގެ ފޭދޫގެ 39 ގެއަކަށް ފެންވަދެގެންވަނީ ރިޕޯޓްކޮށްފައެވެ. މީގެތެރެއިން 21 ގެއެއްގެ ޙާލު ބަލާފައިވާއިރު 10 ގެއެއްގައި 56 ވެލިބަސްތާ ޖަހާފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ށ.އަތޮޅު ކޮމަންޑޫއާއި ނޫމަރާގެ އިތުރުން ޅ،އަތޮޅުގެ ކުރެންދޫއަށް އުދައިގެ އަސަރުކޮށްފައިވީ ނަމަވެސް އެއްވެސް ގެއަކަށް އުދައިގެ އަސަރު ނުކުރާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު ހއ.އިން ފެށިގެން ތަ.އަތޮޅާ ހިސާބަށްވަނީ ވައިތް އެލަރޓް ނެރެފައެވެ. އެގޮތުން މިއަދުގެ 2 ޖެހުމާއި ހަމައަށް ވަނީ އެލަރޓް ނެރަފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް