މަންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
އދ. މަންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އެ ރަށު ކައުންސިލުން ބުނެފައިވާގޮތުގައި ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެއްގެ ކިބައިން އަލާމާތްތައް ފެނިގެން ނެގި ސާމްޕަލެއްގެ ނަތީޖާއެވެ. މިއީ މަންދޫން ކޮވިޑް ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ.
އދ. މަންދުއަކީ 473 މީހުންގެ އާބާދީއެއް އޮންނަ 39.1 ހެކްޓަރގެ ރަށެކެވެ. މިރަށު މީހުން އާމްދަނީ ހޯދުމަށް އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަންގިވިނުމެވެ. އަދި ރިޒޯޓްތަކުގައިވެސް މިރަށު މީހުން ވަޒީފާ އަދާކުރަމުން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް