މިއީ ޢައްޒާގެ ހާލަތު ބަޔާންކޮށް މިހާތަނަށް ހެދިފައިވާ އެންމެ ފުރިހަމަ އެއް ދިވެހި ޅެމެވެ. މިކަމާ މެދު ދެ ބަސް ވާނެ ދިވެއްސަކު ނުހުންނާނެއެވެ.
އަހުމަދު ރިފާއު ހަދާފައިވާ މިޅެން މަދަހައެއްގެ ގޮތުގައި އޭގެ އެންމެ އަސަރާއެކު އަހުމަދު ޝިފާއު ވަނީ ގެނެސްދީފައެވެ. ތިރީގައި މި ވަނީ އެ ޅެމާއި މަދަހަ ވީޑިއޯއެވެ.
އަސަރެއް ނުކުރޭތޯ؟ ހިތްދައްޗެއް ނުވޭތޯ؟
ދާާންވީ ވަގުތު ނުޖެހޭތޯ؟ ހިތްވަރު ގައިގަ ނެތީތޯ؟
އިންސާނުންނަށް ނުވީތޯ؟ އިންސާފެއް އެބަ އޮތްތޯ؟
އިހުސާސުވޭތޯ؟ އިސްލާމްކަން ކޮބައިތޯ؟ 2
ރޮއެފާ އެތިބަ ގޮވަނީއޭ! އިންސާފަށް އެދިފަ ރޮނީއޭ!
އިންސާނިއްޔަތުގެ ނަމުންނޭ! އިސްލާމީ އުއްމަތަަކުންނޭ!
އާނއާނއާން ... އާނ .... އާނއާނއާން ... އާނ
ޅަދަރިން ބޯހިޔާވާން، އަސްކަނި ދަށަށް ފިލައްޖޭ!
އެކުދިންގެ ކަރު ހިކިއްޖޭ! ކާއެއްޗަކަށް ރޮވިއްޖޭ!
އެކުދިންްނަށް އަޅާލާން، އާރެއް ޔާރެއް ނެތިއްޖޭ!
އެކުދިންގެ މައިންބަފައިންނޭ، ވަޒަނުން ޝަހީދުވެއްޖޭ!
މަންމާއޭ ތެދުވެބަލާށޭ! އާދޭސްކޮށްފާ ބުނަނިއްޔޭ!
މަންމާއޭ ލޯހުޅުވާށޭ، ގޮވަމުން އޮޅުލާފަ ރޮނިއްޔޭ!
އާނއާނއާން ... އާނ .... އާނއާނއާން ... އާނ
މަގުތައް މަތީ މަރުވެފާ، ބިމުގާ އެތަންމިތަނުގާ!
ކަފުނަށް ލެވޭޭހާ ނެތިފާ، ލޭ ބިންގަނޑަށް އޮހޮރިފާ!
އެތަކެއް އަޒާބު ދައްކާ، ހިތަކަށް މި ކެތްނުވާާހާ!
އެތަކެއް އަޚުންނާއި އުޚްތުން، ނެތިކޮށް ޝަހީދުކޮށްލާ!
ދަޢުލަތްތައް މިއަދު ކޮބައިތޯ؟ ޢަދުލާ އިންސާފު ކޮބައިތޯ؟
އަނިޔާވެރިކަން މީ ނޫންތޯ؟ ޒިންމާ އުފުލަން ނުޖެހޭތޯ؟
އާނއާނއާން ... އާނ .... އާނއާނއާން ... އާނ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް