އައިޝަތު ޝިރާނީ، މަރިޔަމް ނިޝާ އަދި ނިއުމާ މުޙައްމަދަކީ ދިވެހި ރާއްޖޭގެ ފިލްމީ ދާއިރާގެ ތިން ރާނީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ތިން ފަންނާނުންނަކީ އެތައް ދިވެހިންނެއްގެ ލޯތްބާއި ތާއީދު ހޯދި މި ތިން ތަރިން މިހާރު ވަނީ ފިލްމު ކުޅުމާއި ދުރަށްޖެހިލާފައެވެ.
ދެން ފިލްމު ނުކުޅޭނެކަމަށް ޝިރާނީ ބުނާއިރު، ނިއުމާ ހުރީ އެކްޓް ކުރުން ހުއްޓާލައި ކެމެރާގެ ފުރަގަހުން ފިލްމީ މަސައްކަތްތައް ކުރުމުގައެވެ. ނިޝާ ފިލްމު ކުޅުން އެއްކޮށް ހުއްޓާލީތޯ ނުވަތަ އަދި ފިލްމެއް ކުޅިފާނެތޯ މިއީ އަދިވެސް އުދެފޭ ސުވާލެކެވެ. މީގެ ކުރިން އިންޓަވިއުއެއްގައި ނިޝާ ބުނެފައި ވަނީ، އޭނާ ފިލްމެއް ކުޅޭނަމަ، މުހައްމާގެ ފިލްމެއް ނުކުޅި އެހެން އެއްޗެއް ނުކުޅޭނެ ކަމަށެެވެ. ސަބަބަކީ ފިލްމެއް ކުޅެއް މުހައްމާ އަބަދުވެސް ކިޔާތީކަމަށް ނިޝާ ބުނެފައިވެއެވެ. ނަމަވެސް ކުރިއަށް އޮތް ތާނގައި ނިޝާ ފިލްމަކުން ފެންނާނެ ކަމެއް ކަށަވަރެއް ނޫނެވެ.
ކޮންމެއަކަސް ބައިސްކޯފުގެ 'ތުންތުންމަތިން' ޝޯގައި މި ތިން ތަރިން އެއްތަންވެ، ކުރީގެ ހަނދާންތަކެއް މިވަނީ އާކޮށްފައެވެ. އެގޮތުން އޭރުގައި ފިލްމުތަކުގެ މަސައްކަތްތައް ކުރި ގޮތާއި، މިހާރު އިންޑަސްޓްރީއަށް އަހިސްފައިވާ ބަދަލުތަކާ ބެހޭގޮތުން ވާހަދެއްކިއެވެ.
އެގޮތުން އޭރުގެ ފިލްމުތަކުގައި، ކުރިއަށް ތައްޔާރު ވުމަކާ ނުލައި 'އޮން ސީން' ގައި ފުރަތަމަވެސް ލަވަތައް ނެގުމާއި، އެކި ފިލްމުތަކާއި ލަވަތަކަށް ބޭނުންކުރާ ކޮސްޓިއުމާއި މޭކަޕް މިޒަމާނާ އަޅާ ބަލާއިރު ވަރަށް ތަފާތުކަމަށް ފާހަގަ ކޮށްފައިވެއެވެ.
މި ތިން ތަރިންގެ ވާހަކަތައް ވާނީ، ފިލްމީ ދާއިރާގެ ހުރިހާ ފަންނާނުންނަށް، ޚާއްޞަކޮށް އަންހެން ފަންނާނުންނަށް ހުރި ވަރަށް ރަނގަޅު މެސެކަށެވެ. ފިލްމީ ގިނަ މަސައްކަތްތަކެއް ކޮށް، މިހާރު ފިލްމީ މަސައްކަތްތަކާ ދުރުގައި ތިބި ނަމަވެސް، އެއްވެސް ފަންނާނެއް، ތިމާއަކީ އެންމެ މޮޅު ތަރި ކަމުގައި ނުދެކެއެވެ. މި ތަރިން ގަބޫލުކުރާ ގޮތުގައި އެކި މީހުންނަށް ކަމުދާނީ އެކި ތަރިންގެ ހުނަރެވެ. އެކި 'ޓޭސްޓް'އެވެ. އެހެންކަމުން އެމީހަކަށް ކަމުދާ ފަންނާނަކަށް ސަޕޯޓް ކުރުމަކީ މައްސަލައެއް ނޫން ކަމަށް މި ތަރިން ބުނެއެވެ.
މީގެ އިތުރުން މި ޝޯގައި ވަނީ، މި ތިން ތަރިންް އެކުގައި މަސައްކަތް ކުރި އެހެން ފަންނާނުންގެ ހަނދާން އާކޮށްފައެވެ. ޝޯއިން ފާހަގަވި އެއް ކަމަކީ، ފިލްމީ ދާއިރާގެ ހުރިހާ ފަންނާނުންނާވެސް މި ތިން ތަރިން ހިތްހެޔޮކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް