ރާއްޖޭގެ އެހީއާއެކު ދުނިޔޭގެ ބެޑްމިންޓަނަށް އިންގިލާބީ ބަދަލެއް ގެންނަނީ

ދިވެހިރާއްޖެ އާއި އިންޑޮނޭޝިޔާ ގުޅިގެން ދުނިޔޭގެ ބެޑްމިންޓަނަށް އިންގިލާބީ ބަދަލެއް ގެންނަން މަސައްކަތް ފަށައިފިއެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އިންޑޮނޭޝިޔާގެ ބެޑްމިންޓަނ...

16 May 2021 | 08:55

ދިވެހިރާއްޖެ އާއި އިންޑޮނޭޝިޔާ ގުޅިގެން ދުނިޔޭގެ ބެޑްމިންޓަނަށް އިންގިލާބީ ބަދަލެއް ގެންނަން މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އިންޑޮނޭޝިޔާގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް އިންޑޮނޭޝިޔާ އާއި ގުޅިގެން ބެޑްމިންޓަންގެ ސްކޯރިންއަށް ބަދަލްތަކެއް ގެނައުމަށް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އަށް މިހާރުވަނީ ހުށައަޅާފައެވެ.

ދުނިޔޭގެ ބެޑްމިންޓަނަށް މިފަދަ ބޮޑު ގަވާއިދެއް ރާއްޖެއާއި އިންޑޮނޭޝިޔާ ހުޅިގެން ހުށައަޅާފައިވާއިރު، ބެޑްމިންޓަނުގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ އިތުރުން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނަށް ހުށައެޅި ސްކޯރިންގެ ބަދަލްގެ ސަބަބުން ބެޑްމިންޓަނަށް ބޮޑު ބަދަލެއް އަންނާނެކަމަށާއި މިކަމުގެ ސަބަބުން ބެޑްމިންޓަން އިތުރަށް ފުޅާވެ، ބެޑްމިންޓަނަށް ލޯބިކުރާާ މީހުންގެ އަދަދު އިތުރުވެގެންދާނެކަމަށް މޫސާ ނާޝިދު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑޮނޭޝިޔާ ގުޅިގެން ބީޑަބްލިއުއެފަށް ހުށައެޅި ސްކޯރިންއަށް އަމަލްކުރެތޯ ފެނުމަށް މިމަހުގެ 22ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ އެނުއަލް ޖެނެރަލް މީޓިންއަށް ހުށައެޅުމަށް ހަމަޖެހިފައިވާއިރު، އެބައްދަލުވުމުގެ މެޖޯރިޓީ މިސްކޯރިން ފޯމެޓަށް ލިބިއްޖެކަމަށްވާނަމަ، އެއް އަހަރު ދުވަހުގެ ތެރޭގައި މިއާ ސްކޯރިން ފޯމެޓަށް އަމަލް ކުރަން ފަށާނެއެވެ.

ރާއްޖެ އާއި އިންޑޮނޭޝިޔާ ގުޅިގެން ހުށައަޅާފައިވަނީ 21ހުން ސެޓް ނިމުމުގެ ބަދަލްގައި 11އިން ސެޓް ނިމޭގޮތަށެވެ. އެއީ ބެސްޓް އޮފް ފައިވްއަށެވެ. މެޗެއްގައި 11ގެ ފަސް ސެޓް ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗުން މޮޅުވާނީ 3 ސެޓް ހޯދައިގެންނެވެ.

މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން ބައިނަލްއަގުވާމީ ކުޅިވަރެއްގެ ގަވާއިދަކަށް އިސްލާހެއް ގެންނަން އިސްނެގި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް