އަމީތާބާއި ސަލްމާން ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހައިފި

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަމީތާބު ބައްޗަން އާއި ސަލްމާން ހާން ކޯވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހައިފި އެވެ. މީގެ ތެރެއިން އަމީތާބް މިއަދު ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހިއިރު ސަލްމާން ޖަހ...

16 May 2021 | 08:47

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަމީތާބު ބައްޗަން އާއި ސަލްމާން ހާން ކޯވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހައިފި އެވެ.

މީގެ ތެރެއިން އަމީތާބް މިއަދު ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހިއިރު ސަލްމާން ޖަހާފައިވަނީ ހުކުރު ދުވަހު އެވެ.

ސަލްމާން ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހުމަށް ފަހު މީޑިއާގައި އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު އަމީތާބު ވަނީ ރަސްމީ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ވެދަނަ ޑޯޒު ޖެހިކަން ފޮޓޯ އަކާއި އެކު ހާމަކޮށްފަ އެވެ.

އުމުރުން 78 އަހަރުގެ އަމީތާބު ބުނެފައިވަނީ "ދެ ވަނަ" ޖަހައިފި ކަމަށެވެ. އަދި ދެވަނަ މާނަކުރީ ކޯވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒަށް ކަމަށް އޭނާ ބުނެފައިވެ އެވެ.

https://www.instagram.com/p/CO6MmQTBsEN/

އިންޑިއާގެ ކޯވިޑް ހާލަތު ނުރައްކާތެރި ހާލަތެއްގައި އޮތް އިރު ގިނަ ބަޔަކަށް ވެކްސިން އަދި ނުޖެހެ އެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒު ނުދެވޭއިރު ބައެއް ސަރަހައްދުތަކުގައި ކޯވިޑާއި ހެދި ވެކްސިން ޕްރޮގްރާމް ވަނީ ހުއްޓާލަން ޖެހިފަ އެވެ.

މިކަމާއި ގުޅިގެން ބޮލީވުޑް ތަރިން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ކެތްތެރިވުމަށް ނަސޭހަތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް