ބޭންކުތައް ބަންދުވީމަ ތިން ޓެކުހެއް ދަައްކަން އިތުރު ވަގުތު

ބޭންކުތަކުން ޚިދުމަތްދޭ ދުވަސްތަކަށް އައި ބަދަލާއި އެކު 3 ޓެކުހެއް ދެއްކުމުގެ ސުންގަޑިއަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ބަދަލު ގެނެސްފިއެވެ. މާދަމާއިން ފެށިގެން މިމަހުގެ 20ވަނަ ...

16 May 2021 | 08:13

ބޭންކުތަކުން ޚިދުމަތްދޭ ދުވަސްތަކަށް އައި ބަދަލާއި އެކު 3 ޓެކުހެއް ދެއްކުމުގެ ސުންގަޑިއަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ބަދަލު ގެނެސްފިއެވެ.

މާދަމާއިން ފެށިގެން މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް އެމްއެމްއޭއާއި ބޭންކުތައް ހަފްތާއަކު ތިން ދުވަހު ހުޅުވަން މަރުކަޒީ ބޭންކުންވަނީ ނިންމާފައެވެ. މި ބަދަލާއިއެކު ބޭންކުތަކުން ޚިދުމަތްދޭނީ ހޯމަ, އަންގާރަ އަދި ބުރާސްފަތި ދުވަހު އެކަންޏެވެ.

މީރާއިން ބުނީ މާދަމާއަކީ ބޭންކުތަކުން ޚިދުމަތްދޭ ދުވަހަކަށް ނުވާތީ 3 ޓެކުހެއްގެ ޓެކްސް ބަޔާން ހުށައެޅުމާއި، ފައިސާ ދެއްކުމަށް ދީފައިވާ ވަގުތައް ބަދަލުތަކެއް ގެންނަވާފައިވާކަމަށެވެ. އެގޮތުން ބަދަލުތައް ގެނެސްފައިވަނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ މީހުންގެ ވިތުހޯލްޑިން ޓެކްސާއި މުވައްޒަފުންގެ ވިތުހޯލްޑިން ޓެކުހުގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީތައް ދައްކަންޖެހޭ ސުންގަޑިތަކަށެވެ.

މި 3 ޓެކުހާއި ގުޅޭ އޭޕްރިލްމަހުގެ ބަޔާންތަކާއި ފައިސާ ދެއްކުމަށް މީރާއިިން ކަނޑައަޅާފައިވާ އެންމެ ފަހު ވަގުތަކީ މާދަމާގެ ނިޔަލަށެވެ. އެހެންނަމަވެސް މާދަމާ ބޭންކު ބަންދުވާނެތީ މި މުއްދަތުވަނީ ހޯމަދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައެވެ.

ކޯވިޑް19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގެ ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ މުއްދަތު މިމަހުގެ 22 ވަނަ ދުވަހަށް އިތުރުކޮށްފައިވާތީ މި މުއްދަތުގައި މީރާގެ ކައުންޓަރުތަކުންވެސް ޚިދުމަތްދިނުން ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް މީރާއިން ދެމުންގެންދާ ޚިދުމަތްތައް އޮންލައިންކޮށް މީރާ ކަނެޓް އަދި ވާރުޕޭ މެދުވެރިކޮށް ލިބޭނެކަމަށް އެ އިދާރާއިން ބުނެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް