މާލޭގެ އިންތިޚާބީ ކައުންސިލަރުން ހުވާކުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކްގައި

މާލެ ސިޓީގެ އިންތިޚާބީ ކައުންސިލަރުން މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކްގައި ބާއްވަން ހަމަޖައްސައިފިއެވެ. މި ރަސްމިއްޔާތު ސަލްޓަން ޕާކްގައި އޮންނާނީ މާދަމާ ހެނދުނު 9:00 ޖަހާއިރުއެވެ. މި...

16 May 2021 | 06:05

މާލެ ސިޓީގެ އިންތިޚާބީ ކައުންސިލަރުން މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކްގައި ބާއްވަން ހަމަޖައްސައިފިއެވެ.

މި ރަސްމިއްޔާތު ސަލްޓަން ޕާކްގައި އޮންނާނީ މާދަމާ ހެނދުނު 9:00 ޖަހާއިރުއެވެ. މި ރަސްމިއްޔާތަށް އާންމުންނަށް ނުވަދެވޭނެއެވެ.

މިކަމަން އަަންގާ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމް މެދުވެރިކޮށް އަދި މާލެ ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި އެ ރަސްމިއްޔާތު ލައިވް ކުރާނެ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލެ ސިޓީގެ ސާފު އަޣުލަބިއްޔަތު ފުރަތަމަ ފަހަރަށް ޕީޕީއެމުން ވަނީ ހޯދައިފައެވެ. މާލެ ސިޓީގެ މޭޔަރުގެ ގޮނޑި ހިމެނޭހެން ޕީޕީއެމުން 13 ގޮނޑިއެއް ކާމިޔާބު ކުރިއެވެ. އެމްޑީޕީން ކާމިޔާބު ކުރީ ހަ ގޮނޑިއެކެވެ. ޖުމްހޫރީ ޕާޓީއަށް ވެސް ގޮނޑިއެއް ލިބިފައިވެއެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމާފައިވަނީ އިންތިޚާބީ ހުރިހާ ކައުންސިލަރުން މަގާމުގެ ހުވާ ކުރުން މާދަމާ އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް