ޅައިމަގުގަ ކޯވިޑް ޖެހިފަ ތިބި މީހުންގެ އަދަދު 23 އަށް

ށ.ޅައިމަގުގެ ކޯވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 23 އަށް އަރައިފި އެވެ. ޅައިމަގުން ކޯވިޑް ކޭސްތަކެއް ފެނި ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. ޅައިމަގު ސިއްހީ މަރުކަޒުން އާނ...

16 May 2021 | 05:20

ށ.ޅައިމަގުގެ ކޯވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 23 އަށް އަރައިފި އެވެ.

ޅައިމަގުން ކޯވިޑް ކޭސްތަކެއް ފެނި ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.

ޅައިމަގު ސިއްހީ މަރުކަޒުން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ އެ ރަށުން އަލަށް އިތުރު ހަ މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަލީގެ އަލާމާތްތަކާއި އެކު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި ފަސް މީހަކާއި ރަށުތެރެއިން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ޕޮސިޓިވްވި މީހެކެވެ.

ޅައިމަގުގައި ކޯވިޑް ޖެހިފައި ތިބި ގިނަ މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނުނު ނަމަވެސް އާންމު ގޮތެއްގައި އެމީހުންގެ ހާލު ރަނގަޅެވެ.

ޕޮސިޓިވް ކޭސްތަކާއި ގުޅިގެން އެ ރަށުގެ 13 ތަނަކާއި ބޯޓެއް އޮތީ އައިސޮލޭޓް ކޮށްފަ އެވެ. އަދި ޕޮސިޓިވް ކޭސްތަކާއި ގުޅިގެން 33 ގެއެއް ހުރީ ކަރަންޓީން ކޮށްފަ އެވެ.

ޅައިމަގާއި އެކު އެ އަތޮޅުން އިތުރު ދެ ރަށެެއް އޮތީ ކޯވިޑް ފެތުރޭތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެއީ ކަނޑިތީމާއި ގޮއިދޫ އެވެ.

ކޯވިޑް-19 ކޭސްތަކެއް ފެނިފައިވާތީ އަތޮޅުތެރޭގެ 51 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް