ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ދުނިޔެ ދޫކޮށްފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނިކޮށް މިރޭ ނިޔާވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މަރާއެކު، ކޮވިޑުގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 95 އަށް އަރާފައެވެ.
މިއީ ކޮވިޑުގައި މި މަސް ތެރޭގައި ރާއްޖެއިން ދުނިޔެ ދޫކުރި 22 ވަނަ މީހާއެވެ. ކޮވިޑުގެ ހާލަތު ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ދުވާލެއްގެ މައްޗަށް ހާހަކަށްވުރެ ގިނަ މީހުން އަންނަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް