ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލީ 66 ޕަސެންޓު މީހުން: އީސީ

މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާފައިވާނީ ވޯޓު ލުމުގެ ހައްގު ލިބިގެންދާ މީހުންގެ 66 ޕަސެންޓު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އީސިން މިއަދު ބޭއްވި...

16 May 2017 | 13:23

މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާފައިވާނީ ވޯޓު ލުމުގެ ހައްގު ލިބިގެންދާ މީހުންގެ 66 ޕަސެންޓު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވިފައިވަނީ ރައްޔިތުން ބޭނުންވިފަދަ މިނިވަންކަމާއި ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އަކްރަމް ވިދާޅުވީ އިންތިހާބާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ބަލާއިރު ނަތީޖާއަށް އަސަރު ކުރާވަރުގެ ޝަކުވާއެއް ހުށަހެޅިފައި ނުވާ ކަމަށެވެ.

ގައުމީ ކޮމްޕްލައިންސް ބިއުރޯއަށް ހުށަހެޅިފައިވަނީ ޖުމްލަ 116 މައްސަލަ އެވެ. އޭގެ ތެރެއިން 115 މައްސަލަ މިހާރު ބަލާ ނިންމާފައި ވާކަމަށް އީސީން ބުންޏެވެ.

އޭގެ ތެރެއިން ތިން މައްސަލައެއް ތަހުގީގު ކުރުމަށް ފަހު ޕީޖީ އޮފީހަށް ދައުވާކޮށްދިނުމަށް ފޮނުވާފައިވާ ކަމަށް އަކުރަމް ވިދާޅުވި އެވެ. އަދި އެއް މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. އެކަމަކު އެއީ ކޮން މައްސަލަތަކެއް ކަމެއް އެ ކޮމިޝަނުން ނުބުނެ އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ކޮމްޕްލެއަންސް ބިއުރޯ އަށް މައިގަނޑު ގޮތެއްގައި ހުށަހެޅިފައި ހުރީ ވޯޓު ގުނުމާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާތަކެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް 655 ކައުންސިލަރުން އިންތިހާބުކޮށްފައިވާއިރު އިންތިހާބުގެ މެޖޯރިޓީ ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް