މެންބަރު ހުސައިން މުހައްމަދު ފުލުހަށް ހާޒިރުވާން އަންގައިފި

ޖުމްހޫރީ ޕާޓީގެ ޕީޖީ މެންބަރު އަދި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ. ހުސައިން އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 8...

16 May 2017 | 10:28

ޖުމްހޫރީ ޕާޓީގެ ޕީޖީ މެންބަރު އަދި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

ހުސައިން އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 8:00 އަށެވެ. އަދި ހާޒިރު ކުރަނީ ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ސުވާލު ކުރުމަށް ކަމަށް އޭނާއަށް އަންގާފައިވާ ކަމަށް ހުސައިން ވިދާޅުވި އެވެ.

މިފަހަކަށް އައިސް ޖުމްހޫރީ ޕާޓީގެ މަޖިލިސް މެންބަރުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުން ވަނީ އިތުރުވެފައި އެވެ. އެގޮތުން ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމުވެސް ވަނީ ދާދި ފަހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައި އެވެ.

އަދި ކެންދު ދާއިރާގެ މެންބަރު އަލީ ހުސައިންވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވި އެވެ. އެކަމަކު އޭނާ ރާއްޖެ ވަޑައިގެން ނެތުމުން ހާޒިރުވެފަ އެއް ނުވެ އެވެ.

ޖުމްހޫރީ ޕާޓީގެ މެންބަރުން ހާޒިރުކޮށް ފުލުހުން ސުވާލު ކުރަނީ އެ ޕާޓީއަށް މެންބަރުން ވައްދާ ގޮތާއި ގުޅޭގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް