ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ސުއޫދު ވިދާޅުވީ އޭނާ ހާޒިރު ކުރީ ފުލުހުންގެ އިދާރާއަށް ޔާމީންގެ އާއިލާގެ ފަރާތުން ފޮނުވި ސިޓީތައް ފޮނުވި ދުވަހު ކަން ހިނގާދިޔަ ގޮތާއި ގުޅޭގޮތުން ސުވާލު ކުރުމަށް ކަމަށެވެ. ސުއޫދު ވިދާޅުވީ ފުލުހުން ސުވާލު ކުރީ އެ ދުވަހު ޔާމީން ރަޝީދުގެ ގާނޫނީ ވަކީލުގެ ހައިސްޔަތުން ފުލުހުން އެ ދުވަހު ކަންތައް ކުރީ ބޭއަދަބީ ގޮތަކަށް ކަމަށް ބުނެފައިވާތީ ކަމަށެވެ.
އަދި އެހެން ސުއޫދު ވިދާޅުވީ ޔާމީންގެ އާއިލާއިން ބުނީ އެގޮތަށް ކަމަށްވާތީ ކަމަށާއި، މީހަކު ބުނާއެއްޗެއް ބުނި ގޮތަށް ބުނުމަކީ ފުލުހުންގެ ވާޖިބަސް ހުރަސް އެޅުން ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުން ކައިރީވެސް އެގޮތަށް ދެންވި ކަމަށެވެ. އެ ވާހަކަތަކާއި ގުޅިގެން ފުލުހުން ވަނީ ސުއޫދުގެ ބަޔާނެތް ނަގާފައި އެވެ.
ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އަޅާކަމަށް ބުނެ ގާނޫނީ ވަކީލު އަލީ ޝާހު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން ހައްޔަރު ކުރި އެވެ. އެކަމަކު އޭނާ ވަނީ އިއްޔެ ގޭ ބަންދަށް ކޯޓު އަމުރަކާއި ގުޅިގެން ބަދަލުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް