ޖޭއެސްސީގެ މެންބަރު ކަމަށް ފަނޑިޔާރު ރައުފް އައްޔަން ކުރައްވައިފި

ޖުޑީޝަން ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މއ. ވޭސައިޑް، އަލްއުސްތާޒު އަބްދުއް ރައޫފް އިބްރާހިމް އައްޔަން ކުރައްވައިފި އެވެ. އެމަގާމަށް ފަނޑިޔާރު ރައުފް އައްޔަން ކުރައްވާ ރައީސުލ...

16 May 2017 | 09:03

ޖުޑީޝަން ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މއ. ވޭސައިޑް، އަލްއުސްތާޒު އަބްދުއް ރައޫފް އިބްރާހިމް އައްޔަން ކުރައްވައިފި އެވެ.

އެމަގާމަށް ފަނޑިޔާރު ރައުފް އައްޔަން ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ފަތްކޮޅު އެރުއްވުން އޮތީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.  ރައުފް ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވީ ހައިކޯޓުގެ ފަރާތުން އެ ކޮމިޝަނުގައި އިންނަވާ މެންބަރެއްގެ ގޮތުގައި އެވެ..

ފަނޑިޔާރު ރައުފް ޖޭއެސްސިއަށް އައްޔަން ކުރައްވާފައިވަނީ އެ ކޮމިޝަނުގައި އިންނަވާ ހައިކޯޓުގެ ފަނޑިޔާރުގެ މުއްދަތު މިދިޔަ ސެޕްޓެމްބަރު މަހު ހަމަވެފައިވާތީ އެވެ. ކުރިން އެ މަގާމުގައި ހައިކޯޓުގެ ފަރާތުން އިންނެވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ފަނޑިޔާރު ރައުފަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗެލާ އޮފް ލޯއިން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވީ 2011 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް