ބޮލީވުޑްގެ ތަރި ނިދީ އަގަރްވާލް ކުއްޔަށް ހިފައިގެން އުޅުނު ގެއިން ނިކުންނަށް އަންގައިފި އެވެ.
ނިދީ އާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ކުއްޔަށް އުޅެނީ ކޮލެޖުގައި އުޅުނު އެކުވެރިއަކާއި އެއް އެޕާޓްމެންޓެއްގައި އެވެ. މުމްބާއީގެ ބަންދްރާ އަވަށުގައި ހުންނަ އެ އެޕާޓްމަންޓުގެ ވެރިން ވަނީ ނިދީ އެކަނި އެގެއިން ނިކުންނަން އަންގާފައި އެވެ.
ސަބަބެއް ކަމަށް ބުނެފައިވަނީ މީހަކާ ނީނދެ އުޅޭ ފިލްމު ކުޅޭ މީހަކަށް ވާތީ ކަމަށް އޭނާ ބުނެފައިވެ އެވެ. ނިދީ ބުނީ ކުއްލިއަކަށް ގެއިން ނިކުންނަށް ޖެހުން މުމްބާއީގަ ތަނެއް ހޯދުމަކީ ވަރަށް ވަރަށް އުނދަގޫވާނެ ކަމަށެވެ.
ނިދީ އަގަރްވާން އަކީ ބެންގަލޫރޫ އަށް ނިސްބަތްވާ ތަރިއެ ކެވެ.
އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޓައިގާ ށްރޮފް އާއި އެކު "މުންނާ މައިކަލް" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް