ގާނޫނީ ވަކީލު ޝާހު ގޭ ބަންދަށް ބަދަލުކޮށްފި

ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީންގެ ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އަޅާ ކަމަށް ބުނެ ފުލުހުން ހައްޔަރު ކުރި ގާނޫނީ ވަކީލު އަލީ ޝަހު ގޭބަންދަށް ބަދަލުކޮށްފި އެވެ. އޭނާ ހައްޔަރު ކޮށްފައިވާކަން ފުލުހުނ...

16 May 2017 | 07:28

ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީންގެ ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އަޅާ ކަމަށް ބުނެ ފުލުހުން ހައްޔަރު ކުރި ގާނޫނީ ވަކީލު އަލީ ޝަހު ގޭބަންދަށް ބަދަލުކޮށްފި އެވެ.

އޭނާ ހައްޔަރު ކޮށްފައިވާކަން ފުލުހުން އާންމު ކުރީ އިއްޔެ ރޭ އެވެ. ޝަހު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އަމުރު ކުރީ ފަސް ދުވަހު ގޭގަގައި ބަންދު ކުރުމަށް ކަމަށެވެ. ފުލުހުން އޭނާ ހައްޔަރު ކުރި ކަން ހާމަ ކުރިޔަސް ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އަޅަން ކުރި ކަމެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން މީގެ ކުރިން ވަނީ އެ ތަހުގީގަށް ހުރަސް އެޅުމަސް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ހުއްޓާލަން އިލްތިމާސް ކުރާ ކަމަށް ބުނެފައި އެވެ.

އިއްޔެ ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ މަރާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި އެރޭ އޭނާއަށް ހަމަލާ ދޭން ވަންނަ ކަމަށް ފެންނަ ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ޔާމީންގެ ގާތިލުން ހޯދޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް