"އިސް ޕިޔާރުކޯ ކިޔާ ނާމް ދޫން" ގެ ސީޒަން ތިނެއް ދައްކަން ފަށަނީ!

ޑްރާމާ ސީރީޒް ބަލާ މީހުންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދި އަދި ދިވެހިންގެ މެދުގައިވެސް މަގުބޫލުކަން ހޯދި ސްޓާ ޕްލަސްގެ ޑްރާމާ ސީރީޒް "އިސް ޕިޔާރުކޯ ކިޔާ ނާމް ދޫން" ގެ ސީޒަން ތިނެއް ފަށަން ތައްޔާރ...

16 May 2017 | 07:10

ޑްރާމާ ސީރީޒް ބަލާ މީހުންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދި އަދި ދިވެހިންގެ މެދުގައިވެސް މަގުބޫލުކަން ހޯދި ސްޓާ ޕްލަސްގެ ޑްރާމާ ސީރީޒް "އިސް ޕިޔާރުކޯ ކިޔާ ނާމް ދޫން" ގެ ސީޒަން ތިނެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އެ ސީރީޒްގެ ފުރަތަމަ ސީޒަންގެ ކާމިޔާބީ އާއި އެކު ލީޑް ރޯލް ކުޅުނު ބަރުން ސޮބްތީ (އަރްނަވް ސިންހަ ރައިޒާދާ) ވަނީ ބޮލީވުޑަށް ގޮސް ފިލްމުތަކެއް ކުޅެފައި އެވެ. ރިޕޯޓުތަށް ބުނާގޮތުގައި ޓީވީ ޑްރާމާ ތަކާއި ފަސް އަހަރު ދުރުގައި އުޅުމަށް ފަހު އޭނާ ވަނީ ސީޒަން ތިނެއް ކުޅުމަށް އެނބުރި ދިއުމަށް ނިންމާފައި އެވެ.

އެކަމަކު ދެރައީ އަލަށް ފަށާ ތިން ވަނަ ސީޒަންގައި އޭނާގެ ބައިވެރިއާ އަދި ފުރަތަމަ ސީޒަން އިން އާންމުންގެ މަގުބޫލުކަން ހޯދި ސާނަޔާ އިރާނީ (ހުޝީ ކުމާރީ ގުޕްތާ) މި ސީޒަނުން ފެނިގެން ނުދާނެ އެވެ. އޭނާގެ ބަދަލުގައި ފެނިގެން ދާނީ ޝިވާނީ ތޯމަރު އެވެ.

"އިސް ޕިޔާރުކޯ ކިޔާ ނާމު ދޫ" ސީޒަން ތިނަކުން ހުޝީ ނުފެންނާނެ ސަބަބެއް ނޭނގެ އެވެ. އެކަމަކު ބުނެފައިވަނީ ޝޯ އާއި އަރްނަވް ގުޅޭތީ ވަރަށް އުފާވާ ކަމަށެވެ. އެ ޝޯ ދައްކާ ޗެނަލެއް އަދި ހާމަ ނުކުރިޔަސް ބެލެވޭ ގޮތުގައި ޝޯ ދައްކާނީ ކުރިންވެސް ދެއްކި ސްޓާ ޕްލަސް އިންނެވެ.

ޝޯ ދައްކަން ފަށާނެ ދުވަހެއްވެސް އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް