މަޑިފުށީ ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު ބާއްވަނީ

ތ. މަޑިފުށީ ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން އިލެކްޝަންސް  ކޮމިޝަނުން ނިންމައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މަޑިފުށީ ކައުންސިލްގެ ދެވަނަ ބުރު ބާއްވަން ނިންމީ ގައުމީ ކޮމްޕްލެއިނ...

16 May 2017 | 05:40

ތ. މަޑިފުށީ ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން އިލެކްޝަންސް  ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މަޑިފުށީ ކައުންސިލްގެ ދެވަނަ ބުރު ބާއްވަން ނިންމީ ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅިފައިވާ ޝަކުވާ އަކާއި ގުޅިގެންނެވެ. ޝަކުވާގެ ގޮތުގައި ހުށަހެޅިފައިވަނީ އެ ރަށަށް ވޯޓުލާން ދިޔަ އެހެން ކައުންސިލެއްގެ މީހަކަށް އެ ރަށު ކައުންސިލްގެ އިންތިހާބުގެ ވޯޓު ކަރުދާސް ކޮޅެއް ދެވުނު މައްސަލައެއްގައި އެވެ.

އީސީން ބުނީ އެއީ ނަތީޖާއަށް ބަދަލު އައިސްދާނެ ވަރުގެ ޝަކުވާއެއް ކަމަށެވެ.

މަޑިފުށީ ކައުންސިލްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ރަށު ކައުންސިލަށް އިންތިހާބުވީ ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނާއި އެމްޑީޕީގެ ކެންޑިޑޭޓެކެވެ. އެ ގޮތުން ޕީޕީއެމްގެ ދެ ކެންޑިޑޭޓުން ކަމަށްވާ އައްބާސް މުހައްމަދަށާއި އަލީ ހަސީނަށް ލިބިވަޑައިގަތީ 389 ވޯޓެވެ. ތިން ވަނަ އަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓު ހަސަން އަބްދުﷲގެ ޖުމްލައަކީ 388 ވޯޓެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓު އިސްމާއިލް ހިލްމީ އަށް 387 ވޯޓު ލިބިވަޑައިގެންފައިވެ އެވެ.

އިންތިހާބުގެ ދެވަނަ ބުރު ބާއްވަނީ މި ހަތަރު ކެންޑިޑޭޓުންގެ މެދުގައި އެވެ.

ދެން އިންތިހާބުގެ ދެވަނަ ބުރު ބާއްވަނީ ށ. ކޮމަންޑޫ ކައުންސިލްލްގެ އެވެ.

އީސީން ނިންމާފައިވަނީ މި ދެރަށު ކައުންސިލްގެ އިންތުހާބުގެ ދެ ވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް