ކިޑްނީގައި ހިލަ އުފެދޭކަމަށް ވަނީ ހަށިގަނޑަށް ބޭނުންވާ ފެން ލިބޭލެއް މަދު ކަމުންނެވެ.
ކިޑްނީގައި އުފެދޭ ހިލައިގެ ބާވަތްތަކުގެ ތެރޭގައި ކުދި ހިލަ އަދި ބޮޑެތި ހިލަ ހިމެނެ އެވެ. ކުދި ހިލަ އަކީ ފަސޭހަ ކަމާއި އެކު ކެއުމުގައި ބޭނުން ކުރެވޭ ބައެއްތަކެތީގެ ސަބަބުން ގުދުރަތީ ގޮތުން ނެތިދާނެ އެއްޗެކެވެ.
ތިރީގައި އެވަނީ ކުދި ހިލަ ނެތިދާނެ ބައެއް ބުއިމާއި ކާއެއްޗިއްސެވެ.
ކަދުރު
ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވާ، ކިޑްނީގައި ހިލަ އުފެދުމުގެ ނުރައްކަލުން ސަލާމަތްކޮށްދޭ އެއްޗެކެވެ. ކަދުރުގައި އެކުލެވޭ މެގްނީޒިއަމްގެ ސަބަބުން ކިޑްނީ ސާފުކޮށްދެ އެވެ.
ރޭގަނޑު ކަދުރު، ފެންތައްޓެއްގެ ތެރެއަށް އެޅުމަށް ފަހު ހެނދުނު ކަދުރުގެ އޮށް ނެގުމަށް ފަހު ކެއުމުން ކިޑްނީގައި އުފެދޭ ހިލަ ގުދުރަތީ ގޮތުން ނެތި ދިއުމަށް އެހީވެދެ އެވެ.
އަންނާރު ޖޫސް
އަންނާރުގައި ޖޫސް ގިރައިގެން ބުއިމަކީ ކިޑްނީގައި އުފެދޭ ހިލަ ނެތިގެންދާ ކަމެކެވެ. އަންނާރަކީ ގިނަ އަދދަކަށް ޕޮޓޭސިއަމް އެކުލެވިގެންވާ މޭވާއެކެވެ. އަންނާރު ޖޫހުގައި އެކުލެވޭ އެސިޑިޓީގެ ވަރުގަދަކަމުން ކިޑްނީއަށް ޖަމާވާ ބޭކާރު ދިޔާ އެއްޗެހި ބޭރުވެ ކުޑަކަމުދާ ތަކެތީގެ އެސިޑިޓީ ގެ ލެވެލް ދައްށްކޮށްދެ އެވެ.
ލުނބޯ ޖޫސް
ލުނބޯއަކީ ރަހަގަދަ އެއްޗެއް ކަމުން ކިޑްނީގައި ހިލަ އުފެދުން ކޮންޓްރޯލްކޮށްދޭނެ އެވެ.ލުނބޯގައި ހިމެނޭ ބައިތައް ކަމަށްވާ ހައިޑްރޮކްސިޓްރޭޓްގެ ސަބަބުން ކިޑްނީގައި އުފެދޭ ހިލަތައް ހަލާކު ކޮށްލަ އެވެ.
ކަރާ
ކަރަލަކީ ޕޮޓޭސިއަމް އަދި ލޮނު އެކުލެވޭ މޭވާ އެކެވެ. އޭގެ ސަބަބުން ކުޑަކަމުދާ ތަކެތީގެ އެސިޑިކް އެކުލެވެންޖެހޭ މިންވަރު ހަމައަކަށް އެޅެ އެވެ. ކަރާ ކެއުމުން ކިޑްނީ މަސައްކަތް ކުރުން އެއް ހަމައެއްގައި ހުންނާނެ އެވެ. އަދި ކިޑްނީގައި އުފެދޭ ހިލަ ނެތިކޮށްލަ އެވެ.
މި ކަންކަމަކީ ގޭގައި އާންމުކޮށް އުޅޭ އިރު އާންމުކޮށް ބުއިމުގައި ބޭނުން ކުރެވިދާނެ ނުވަތަ ކެވިދާނެ އެއްޗިއްސެވެ. އަދި ކިޑްނީފަދަ މުހިންމު ގުނަވަންތަކަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް