ސަރުކާރާއި އެކު މަޝްވަރާ ކުރުމާއި މެދު މާދަމާ އިދިކޮޅު ފަރާތްތަކުން ގޮތެއް ނިންމަނީ

ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ރައީސް ޔާމީން ދެވަނަ ފަހަރަށް އިލްތިމާސް ކުރެއްވުމުން އެކަމާ މެދު މާދަމާ އިދިކޮޅު ފަރާތްތަކުން ގޮތެއް ނިންމާނެ ކަމަށް އެފަރާތްތަކުން ބުނެފި އެވެ. އެމްޑީޕީން ބުނީ "އަނިޔ...

16 May 2015 | 09:29

ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ރައީސް ޔާމީން ދެވަނަ ފަހަރަށް އިލްތިމާސް ކުރެއްވުމުން އެކަމާ މެދު މާދަމާ އިދިކޮޅު ފަރާތްތަކުން ގޮތެއް ނިންމާނެ ކަމަށް އެފަރާތްތަކުން ބުނެފި އެވެ.

އެމްޑީޕީން ބުނީ "އަނިޔާވެރިކަމާ" ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަން ފެށި މަސައްކަތަކީ ވަކިވަކިން ކުރަން ފެށި މަސައްކަތެއް ނޫން ކަމަށެވެ. އެހެންކަމުން މަޝްވަރާ ކުރުމަށް ވެސް އެފަރާތްތަކުން ގޮތެއް ނިންމާނީ އެކީގައި ކަމަށެވެ.

އެކަމާއި ގުޅޭގޮތުން އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިތުރުން ޖޭޕީން މަޝްވަރާ ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެފައި ވަނީ މަޝްވަރާ ކުރުމަށް ބޭނުންފުޅުވަނީ އެޕާޓީޣެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން އަލީވަހީދަށް ބައިވެރިވެވޭގޮތަށޤ ރައީސް ޔާމީނާއި ކަމަށެވެ. ޖޭޕީން ސަރުކާރާއި އެކު މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތްކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާއިރު އަދާލަތު ޕަޓީން ބުނެފައިވަނީ އެ ޕާޓީ ސަރުކާރާއި އެކު މަޝްވަރާ ކުރާނީ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި މޭޑޭގެ މުޒާހަރާގައި ހައްޔަރު ކުރި އެންމެން ދޫކޮށްލުމުން ކަމަށެވެ.

ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ފައިދާ އަށް ޓަކައި ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ގޮވާލައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް