ހުޅުމާލޭގައި ޓެކްސީ ކުރަން އިތުރު ހުއްދަ ދޫކުރަން ނިންމައިފި

ހުޅުމާލޭގައި ޓެކްސީ ކުރުމުގެ ހުއްދަ އިތުރު ފަސް ފަރާތަކަށް ދޭން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ. އެޗްޑީސީ އިން ބުނީ އެ ފަސް ފަރާތަށް ހުއްދަ ދޫކުރާނީ އެއްވެސް ފީއަކައ...

16 May 2015 | 08:53

ހުޅުމާލޭގައި ޓެކްސީ ކުރުމުގެ ހުއްދަ އިތުރު ފަސް ފަރާތަކަށް ދޭން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީ އިން ބުނީ އެ ފަސް ފަރާތަށް ހުއްދަ ދޫކުރާނީ އެއްވެސް ފީއަކައި ނުލާ ކަމަށެވެ. ނަމަވެސް އެ ކޯޕަރޭޝަނުން ވަނީ ހުއްދަ ދޫކުރާ ފަރާތްތަކުގައި ހުންނަން ޖެހޭނެކަމަށް ބުނެ ޝަރުތުތަކެއް ކަނޑައަޅާފަ އެވެ.

އެގޮތުން ޓެކްސީ ހުއްދައަށް އެދޭފަރާތަކީ ހުޅުމާލެ އިން ގޯއްޗެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިވާ ފަރާތްތަކަށް ވާންޖެހެ އެވެ. އަދި ހުޅުމާލޭގެ ރަށްވެހިންނާއި މީގެ ކުރިން ހުޅުމާލޭގައި ޓެކްސީ ކުރުމުގެ ހުއްދަ ލިބިފައި ނުވާ ފަރާތްތަކަށް ވުންވެސް އެޗްޑީސީން ޝަރުތުކޮށްފައިވެ އެވެ.

އެ ކޯޕަރޭޝަނުން ބުނީ އިތުރު ފަރާތްތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދޭން ނިންމީ ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފަސޭހަ ކުރުމަށް ޓަކައި ކަމަށެވެ.

އެކަމަށް އެދޭ ފަރާތްތަކުން މިމަހު 28 ވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް ހުށައެޅުމަށް ހުޅުވާލާފައިވާއިރު ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދު ފަސް މީހުންނަށްވުރެ ގިނަ ވެއްޖެނަމަ ހުއްދަ ދޫކުރާނަން ނިންމާފައިވަނީ ގުރުއަތު ލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް