މަންދު ކޮލެޖު ހުސްކުރަން ހަނދާންކޮށްދީފި

މިހާރު މަންދު ކޮލެޖު ހިންގަމުން އަންނަ އެމްއީއެސްގެ އިމާރާތް މި މަހުގެ ނިޔަލަށް ހުސް ކުރަން އެޑިއުކޭޝަން މިނިސްޓްރީން ހަނދާންކޮށްދީފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބު...

16 May 2015 | 08:33

މިހާރު މަންދު ކޮލެޖު ހިންގަމުން އަންނަ އެމްއީއެސްގެ އިމާރާތް މި މަހުގެ ނިޔަލަށް ހުސް ކުރަން އެޑިއުކޭޝަން މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއްބަސްވެފައިވާ ގޮތަށް އެ އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައި ނުވާތީ މިދިިޔަ މާޗު މަހުގެ ތެރޭގައި އެ އެއްބަސްވުން އެޑިއުކޭޝަން މިނިސްޓްރީން އުވާލާފައިވާ ކަމަށެވެ. އަދި މި މަހުގެ 30ގެ ނިޔަލަށް އެތަން ހުސް ކުރަން އަންގައި، އޭގެ ފަހުން އެތަނުގައި އެއްވެސް ކޯހެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެ އެެވެ.

އެމްއީއެސް ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް އެ ސްކޫލުގެ ވެރިންނާ 2008 ވަނަ އަހަރު ހަވާލު ކުރި ނަމަވެސް މިހާރު އެތަނުގައި ކޮލެޖެއް ހިންގާތާ ފަސް އަހަރު ވެއްޖެ އެވެ. އެ އެގްރީމެންޓް އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފުތާ ތެރޭގައި ބާތިލް ކުރީ، ސްކޫލެއްގެ ބަދަލުގައި ކޮލެޖެއް ހިންގާ ކަމަށް ބުނެ އެވެ.

ނަމަވެސް ތަން ހުސް ނުކުރާނެ ކަމަށާއި އެތަނުގައި ކޯސްތައް ކުރިއަށް ގެންދާނެކަމަށް މަންދު ކޮލެޖުން އޭރު ވަނީ ބުނެފަ އެވެ. އަދި ދެ ވަނަ ޓާމްގެ ކޯސްތަކަށް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް