މަންދޫ ހެލްތް ޕޯސްޓް ތިޖޫރީ ވަގަށް ނެގި މައްސަލައިގަ ހަ މީހަކު ހައްޔަރުކޮށްފި

އދ. މަންދޫ ހެލްތު ޕޯސްޓުގެ ތިޖޫރި ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ހަ މީހަކު ހައްޔަރުކޮށްފި އެވެ. އެ މައްސަލައިގަ ހައްޔަރުކުރި މީހުން މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އޭގެ ތެރެއިން އެކަކ...

16 May 2015 | 06:31

އދ. މަންދޫ ހެލްތު ޕޯސްޓުގެ ތިޖޫރި ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ހަ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގަ ހައްޔަރުކުރި މީހުން މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އޭގެ ތެރެއިން އެކަކުގެ ބަންދަށް އދ. ދަނގެތީ ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ. އިތުރު ދެ މީހެއްގެ ބަންދަށް 10 ދުވަސް ޖެހިއިރު ތިން މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާދީފައިވާކަމަށް ފުލުހުން ބުންޏެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަންދޫ ހެލްތު ޕޯސްޓުގެ ތިޖޫރި ގެއްލުނު ކަމުގެ ރިޕޯޓް ލިބުނީ ބުރާސްފަތި ދުވަހު ހެނދުނު 8:10 ހާއިރު ކަމަށެވެ. އަދި ތިޖޫރީ އެރޭ ހޯދުނީ ވަގަށް ނެގި މީހުންނަށް ތިޖޫރީ ހުޅުވުމުގެ ކުރިން ކަމަށެވެ.

ވަގަށޤ ނެގި އިރު އެ ތިޖޫރީގައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ހުރިކަމަށް ވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވައްކަން ކުރި ގުރޫޕުން ތިޖޫރި ވަަގަށް ގެންދިޔައީ، ހެލްތު ޕޯސްޓުގެ ކުޑަ ދޮރެއް ހަލާލުކޮށްލައިގެން ވަދެ އެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް