ދިވެހިރާއްޖެއިން އިސްރާއީލު ޕާސްޕޯޓު މަނާކުރި ކުރުމަށް ހަމާސް ޖަމާޢަތުން މަރުޙަބާ ކިޔައިފިއެވެ.
ޔަމަނުގެ ސަބާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާގޮތުގައި "ދަ އިސްލާމިކް ރެސިސްޓަންސް މޫވްމަންޓް" ނުވަތަ "ހަމާސް" އިން ރާއްޖޭގެ އެ ނިންމުމަށް މަރުޙަބާ ކިޔާފައިވަނީ ރޭގައި ނެރުނު ނޫސްބަޔާނެއްގައެވެ.
ރާއްޖޭގެ އެ ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއްކަމުގައި ހަމާސްއިން ސިފަކޮށްފައިވާކަމަށާއި އަދި އެހެން ޤައުމުތަކުންވެސް ރާއްޖެ ކިބައިން ހިތްވަރު ލިބި އެގޮތަށް ޢަމަލުކުރުމަށް އެދިފައިވާކަމަށްވެސް ބުނެފައިވެއެވެ.
އިމިގްރޭޝަން ޤާނޫނަށް ގެނައި އިސްލާޙަކާއެކު އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން އިއްޔެ ވަނި މަނާވެފައެވެ. ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެ އިޞްލާޙު މަދު ވަގުތުކޮޅެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައި ގެޒެޓު ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް