ސައޫދީގައި ހުންނަވާ ދިވެހި ސަފީރު ކޭއެސްރިލީފްގެ ވެރިޔާއާއި ބައްދަލުކުރައްވައިފި

ސައޫދީގައި ހުންނަވާ ދިވެހި ސަފީރު އަހްމަދު ސަރީރް، ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް (ކޭއެސްރިލީފް) ގެ އިސްވެރިޔާއާއި ބައްދަލުކުރައްވައިފިއެވެ. ސައޫދީ ޕްރެސް އޭޖެންސީއިން ރިޕޯޓްކޮށ...

16 Apr 2025 | 01:11

ސައޫދީގައި ހުންނަވާ ދިވެހި ސަފީރު އަހްމަދު ސަރީރް، ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް (ކޭއެސްރިލީފް) ގެ އިސްވެރިޔާއާއި ބައްދަލުކުރައްވައިފިއެވެ.

ސައޫދީ ޕްރެސް އޭޖެންސީއިން ރިޕޯޓްކޮށްފައިވާގޮތުގައި ކޭއެސްރިލީފްގެ ވެރިޔާ ސުޕަވައިޒަރ ޖެނެރަލް އަބްދުﷲ އަލް ރަބީޢާ އާއި ދިވެހި ސަފީރު އަހްމަދު ސަރީރް ބައްދަލުކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ދޭދޭ ގުޅުންތަކާއި ގުޅޭގޮތުންނާއި އިންސާނީ އެހީގެ ދާއިރާއިން ރާއްޖެއަށް ލިބެމުން އަންނަ ކުރިއެރުންތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޭއެސް ރިލީފްއިން ގެންގުޅޭ ފުޅާ ސިޔާސަތާއި ހޯދަމުން އަންނަ ކުރިއެރުންތަކަށް ސަފީރް ސަރީރް ތައުރީފު ކުރެއްވިކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް