މާލެ، ހެންވޭރުގައި ހުރި ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެ ހާދިސާއާއި ގުޅޭ މަޢުލޫމާތު ހިއްސާކުރަމުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ ހެންވޭރު ޝީރީން ވިލާގެ ފަސްވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ (އެފްއާރްއެސް) ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާކަމަށެވެ.
އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި އެފްއާރްއެސްއަށް މި ހާދިސާގެ މަޢުލޫމާތު މެންދަމު 02:00 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ މެންދަމު 02:18 ހާއިރު ކަމަށް ބުނެފައިވެއެވެ.
އެ ގޭގެ ފަސްވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި އޮތް ގޮނދަޑިއެއްގައި އަލިފާން ރޯވެ ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް