ވައިގަދަވުމުގެ ސަބަބުން ބިލްބޯޑުތައް ވެއްޓުމުގެ ހާދިސާތައް ހިނގާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
އެގޮތުން މިރޭ ފުލުހުން ބުނެފައިވަނީ މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ބައެއް ކެމްޕެއިން ބިލްބޯޑް ވެއްޓުމުގެ ހާދިސާތައް ދަނީ ހިނގަމުން ކަމަށާއި އެހެންކަމުން ވައިގަދަ ވަގުތު ތަކުގައި މަގުމަތި ބޭނުންކުރައްވާއިރު މިކަމަށް ސަމާލުވެ ލެއްވުމަށް ދަންނަވާކަމަށެވެ.
މަގުތަކުގެ އެއްފަރާތުގައި ބަހައްޓާފައިހުރި ބިލްބޯޑް ތަކަކީ ރައްކާތެރި ގޮތުގައި ރަނގަޅަށް ހަރުކޮށްފައި ހުރި އެއްޗެހިކަން ކަށަވަރު ކުރުމަށް އެތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް ފުލުހުން މިހާރު އަންގާފައިވާނެކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް