ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު)ގެ 35 ވަނަ އަހަރީ އާންމު ޖަލްސާ 28 އެޕްރީލް 2024 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 8:15 ގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ދިރާގުން ބުނެފައިވާގޮތުގައި މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 'ހައިބްރިޑް' ކޮށްކަމަށްވާތީ، ޖަލްސާގައި ހިއްސާދާރުންނަށް 'ފަހިވޯޓް' މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެވަޑައިގެން ބައިވެރިވެވޭނެއެވެ.
ރަޖިސްޓަރ ކުރުމަށް ހުޅުވާލާފައިވަނީ:
- ހިއްސާދާރުންގެ ޕްރީ-ރެޖިސްޓްރޭޝަން: 4 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 22:00 އިން 27 އެޕްރީލް 2024 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް
- ޕްރޮކްސީންގެ ރެޖިސްޓްރޭޝަން: 4 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 22:00 އިން 26 އެޕްރީލް 2024 ވާ ހުކުރު ދުވަހުގެ 13:00 ގެ ނިޔަލަށް
ވީމާ، 24 އެޕްރީލް 2024 ވާ ބުދަ ދުވަހުގެ ނިޔަލަށް ދިރާގުގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތުވަނީ އެރުވިފައެވެ.
ޖަލްސާކުރާ މާލަމުގެ ޖާގައަށް ބަލައި، މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު ވަނީ 150 ހިއްސާދާރުންނަށް ލިމިޓްކޮށްފައި ކަމަށާއި އެހެންކަމުން ޖަލްސާކުރާ މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ހިއްސާދާރުންނަށް، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލާމަށް ހާޒިރުވެގެންވަޑައިގެންކަން ނުވަތަ އޮންލައިންކޮށްކަން، 28 އެޕްރީލް 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެންގޭނެ ކަމުގައި ދިރާގުން ބުނެފައިވެއެވެ.
ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި ޖަލްސާއާ ބެހޭ އިތުރު މައުލޫމާތު އެކުންފުނީގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފައެވެ. އަދި މި ލިންކުން އެ މައުލޫމާތު ލިބިވަޑައިގަންނަވާނެކަމުގައިވެސް ދިރާގުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް