"ހިޓްސް ނައު" ޗެނަލާއެކު މީޑިއާނެޓުގެ މުނިފޫހިފިލުވުމުގެ ދުނިޔެއަށް އިތުރު މުއްސަންދިކަން

ޒަމާނުއްސުރެން ދިވެހިންނަކީ ޓީވީއިން ދައްކާ ތަފާތު އެކިއެކި ޕްރޮގްރާމުތަކާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ބައެކެވެ. ކަސައުޓީ އާއި ކިއުކީ ސާސް ބީ ކަބީ ބަހޫތީ ފަދަ ދިވެހިން ފަރިތަ ޑްރާމާތަކާއި ދުނިޔޭ...

16 Apr 2024 | 13:47

ޒަމާނުއްސުރެން ދިވެހިންނަކީ ޓީވީއިން ދައްކާ ތަފާތު އެކިއެކި ޕްރޮގްރާމުތަކާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ބައެކެވެ. ކަސައުޓީ އާއި ކިއުކީ ސާސް ބީ ކަބީ ބަހޫތީ ފަދަ ދިވެހިން ފަރިތަ ޑްރާމާތަކާއި ދުނިޔޭގެ ބޮޑެތި ކުޅިވަރު މުބާރާތްތަކާއި ފިލްމާއި މިއުޒިކީ ޕްރޮގްރާމްތައް މީގެ ތެރޭގައި ހިމެނެއެވެ. މި ޕްރޮގްރާމްތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމުގައި އެންމެ ގާތް އެކުވެރިޔަކީ މީޑިއާނެޓެވެ.

މީޑިއާނެޓުން އެފަރާތުން ދެމުންގެންދާ ޚިދުމަތުގައި ހިމެނޭ ކޮންޓެންޓް އިތުރަށް މުއްސަނދި ކުރުމަށް ކުރަމުންދާ މަސައްކަތުގައި އަނެއްކާވެސް މިވަނީ އިތުރު ކުރިއެރުމެއް ލިބިފައެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ރިއަލިޓީ ޝޯވްތަކާއި އެންމެ ފަހުގެ ޝޯވްތައް ގެނެސްދޭ "ހިޓްސް ނައު" ޗެނަލް މިވަނީ މީޑިއާނެޓުގެ ޗެނަލް ލައިނަޕަށް އިތުރުވެފައެވެ.

"ހިޓްސް ނައު" މި ނަމުންވެސް ބުނެދޭ ފަދައިން މި ޗެނަލަކީ މި ވަގުތު އެންމެ ހިޓު ޝޯވްތައް ޓީވީ އަދި މޯބައިލް ސްކީންތަކާއި ހިސާބަށް ގެނެސްދޭ ޗެނަލެކެވެ. "ހިޓްސް ނައު ޗެނަލް" ގެ އެންމެ ފުރިހަމަ އެއް ކަމެއް ގޮތުގައި ފާހަގަކޮށްލެވެނީ ޕްރޮގްރާމް އެމެރިކާގައި އެއަރ ކުރާތާ 24 ގަޑިއިރާ 48 ގަޑިއިރާއި ދެމެދު ދިވެހިންނަށްވެސް މިހާރު ބަލާލެވޭތީއެވެ. ލައިވް ޝޯވް ބަލާލުމަށް އެއް ހަފްތާ މަޑު ކުރާކަށް ދެން ނުޖެހޭނެއެވެ. އަދި ސޯޝަލް މީޑިއާއިން އެޕިސޯޑުތަކުގައި ވާ ގޮތް ސްޕޮއިލްވުންވެސް ޔަގީނުން މަދުވެގެންދާނެއެވެ. މި ޗެނަލް ޚާއްސަ ކޮށްލެވޭ އަނެއްކަމަކީ ދުނިޔޭގެ އެންމެ ބޮޑު މުނިފޫހިފިލުވުމުގެ ލައިވް އިވެންޓްތަށް ކަމުގައިވާ "އެމީ އެވޯރޑްސް" ފަދަ ޙަފްލާތައްވެސް މި ޗެނަލް މެދުވެރިކޮށް ލައިވް ކޮށް ޓީވީ އަދި މޯބައިލް ސްކްރީންތަކުން މި ޗެނަލުން ބަލާލެވުމެވެ.

"ހިޓްސް ނައު" ޗެނަލް މެދުވެރިކޮށް ދިވެހިން ފަރިތަ ފަރިތަ ރިއަލިޓީ ޝޯވްތައް ކަމުގައިވާ "އެމެރިކަން އައިޑަލް"، "ބްރިޓިއަންސް ގޮޓް ޓެލަންޓް" އަދި "ސަރވައިވަރ" ފަދަ ޝޯވްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ ބައެއް ޕްރޮގްރާމްތަކުގެ ތެރޭގައި "ހޫ ވޯންޓްސް ޓު ބީ އަ މިލިއަނަރ"، "ޓޮޕް ޝެފް" އަދި "ސެލެބްރިޓީ ފެމިލީ ފިއުޑް" ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކްލިޕްތައް ފެނި ދިވެހިން ފަރިތަ ގިނަ ކޮންޓެންޓެއް މި ޗެނަލުގައި ހިމެނެއެވެ. ރިއަލިޓީ ޝޯވްތަކުގެ އިތުރުން "ޗިކާގޯ ޕީޑީ" އާއި "ގޯލްޑްބަރގްސް" ފަދަ ޑްރާމާ ސީރީޒްތައްވެސް މި ޗެނަލް މެދުވެރިކޮށް ދިވެހިންނަށް ބަލާލެވޭނެއެވެ.

މީޑިއާނެޓަކީ މުނިފޫހި ފިލުވުމުގެ ދުނިޔެ ދިވެހިންނާއި ހަމައަށް ގެނެސްދިނުމުގައި ފާއިތުވި 18 އަހަރު އެންމެ ގާތް އެކުވެރިއެއް ގޮތުގައި މަސައްކަތްކުރަމުން އަންނަނީ ފަރާތެވެ. ދިވެހި، ހިންދީ، އިނގިރޭސި އަދި އެހެނިހެން ބަސްތަކުގެ ޝޯވްތަކުގެ އިތުރުން ކުޅިވަރުގެ ތަފާތު އެކި ރަހަތަކުގެ ކޮންޓެންޓް ގެނެސްދޭ ޗެނަލްތައް މީޑިއާނެޓުންދަނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޓީވީ އަދި މޯބައިލް ސްރީންތަކާއި ހިސާބަށް ގެނެސްދެމުންނެވެ. "ހިޓްސް ނައު" ޗެނަލާއެކު މީޑިއާނެޓުގެ ޚިދުމަތުން ދޫކުރާ ކޮންޓެންޓް އިތުރަށް މުއްސަނދިވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް